24 އޯގަސްޓް 2018 - 12:26

ބިއުނަސް އޭރީޒް (އޮގަސްޓް 24) - އާޖެންޓީނާގެ ކުރީގެ ރައީސް ކްރިސްޓީނާ ފެނާންޑޭޒް ޑި ކާޗްނާގެ ގެ ބަލައި ފާސް ކުރަން ފުލުހުން ފަށައިފި އެވެ.

ވެރިރަށް ބިއުނަސް އޭރީޒްގައިވާ ކްރިސްޓީނާގެ އެޕާޓްމަންޓަކާއި ޕެޓަގޯނިއާގައިވާ ކްރިސްޓިނާގެ ދެ ގެ ފުލުހުންގެ ފޮރެންސިކް ސައެންޓިސްޓުންނާއި ފަޔާފައިޓަރުން ބަލައި ފާސްކުރަން ފެށީ ކުރީގެ ރައީސް އަށް ލިބިދީފައިވާ ބައެއް އިމްތިޔާޒްތައް ނެގުމަށް ފަނޑިޔާރަކު އަމުރު ކުރުމާ ގުޅިގެންނެވެ.
އާޖެންޓީނާގެ ކުރީގެ ރައީސްގެ ކޮރަޕްޝަނުގެ މައްސަލަތަކެއް ދަނީ ބަލަމުންނެވެ. ކޮރަޕްޝަނުގެ އިތުރުން ކްރިސްޓީނާގެ އިތުރު ފަސް މައްސަލައެއް ވެސް ދަނީ ބަލަމުންނެވެ. އެކަމަކު އެކަމަނާ ގެންދަވަނީ އެ ހުރިހާ ތުހުމަތަކާ ދެކޮޅު ހައްދަވަމުންނެވެ. ކްރިސްޓީނާ ވިދާޅުވެފައި ވަނީ އެކަމަނާގެ މައްސަލަތަކެއް ބަލަމުން ދިިއުމުގެ ފަހަތުގައި ވަނީ ސިޔާސީ ކަމެއް ކަމަށެވެ.