ޑިޒައިންތައް ހުސްވީ؟ މިވެސް ގޮތެއް
ޑިޒައިންތައް ހުސްވީ؟ މިވެސް ގޮތެއް

ފެޝަނަށް ލޯބިކުރާ މީހުންނަށް ބައެއް ފަހަރު ކޮންމެ ގޮތެއް ވެސް ވަރިހަމަ ވެދާނެ އެވެ. ފެޝަން ކުންފުނިތަކުން ވެސް ބަޔަކު އަންތަރީސްވާ ކަހަލަ ޑިޒައިންތަކެއް ނެރެނީ އެ ފޮލޯކުރާ މީހުން ވެސް އުޅޭތީ އެވެ.

މިއޮތީ އޭގެ އެއް މިސާލެވެ. މިއީ މޭމައްޗަށް ހަމައަށް އޮންނަ ކޮނޑުކެޑިއެކެވެ. ފިރިހެނުންނަށް ހާއްސަ އެވެ. އާންމުކޮށް މި ވައްތަރުގެ ކޮނޑުކެޑިއަކީ 90 ގެ އަހަރުތަކުގައި ފުރާވަރުގެ އުމުރުގެ އަންހެން ކުދިންގެ މެދުގައި މަގުބޫލު އެއްޗެކެވެ.

އެކަމަކު ސޯޝަލް މީޑިއާގައި ގިނަ ބަޔަކު މިހާރު "ފިރިހެނުންގެ ބުރި ކުރި ކޮނޑުކެނޑީ" ގެ ގޮތުގައި ޖޯކް ވެސް ޖަހަމުން އަންނަ މި ފަރުމާއަކީ އިނގިރޭސިވިލާތުގެ މަޝްހޫރު ފެޝަން ކުންފުނި އެސޮސްގެ އުފެއްދުމެކެވެ. އަގަކީ 10 ޕައުންޑެވެ. އެ މީހުން މި ޕްރޮމޯޓް ކުރަނީ "ލެސް އިޒް މޯ" ގެ ގޮތުގަ އެވެ.

ބައެއް މީހުން ވަނީ މިއަށް ވަރަށް ބޮޑަށް ސޯޝަލް މީޑިއާހައި ޖޯކް ޖަހައިފަ އެވެ.

އެއް ބަޔަކު ބުނީ މި ކޮނޑުކެޑިއަކީ ސިކްސް ޕެކް ދައްކައިލަން ގަޔާވާ ފިރިހެނުންނަށް ކަމުދާނެ އެއްޗަކަށް ފަހަރުގައި ވެދާނެ ކަމަށެވެ..

ޓްވިޓާގައި ކޮމެންޓް ކުރި އެއް ބަޔަކު ބުނެފައި ވަނީ ދުނިޔެ މިހާރު މޮޔަވަނީ ކަމަށެވެ. އަދި ފެޝަން ކުންފުނިތަކުން ވެސް ތަންކޮޅެއް އޮއްޓަރެއް ހުރި މަސައްކަތްތަކެއް ކުރަން ވެއްޖެ ކަމަށް ބުނެފައިވެ އެވެ.