އިގްތިސާދަށް ހަމަލާ ދިނުމަކީ ބަންގި އަށް ހަމަލާ ދިނުން ފަދަ ކަމެއް: އުރުދުޣާން
އިގްތިސާދަށް ހަމަލާ ދިނުމަކީ ބަންގި އަށް ހަމަލާ ދިނުން ފަދަ ކަމެއް: އުރުދުޣާން

އަންކަރާ (އޮގަސްޓް 21) - ތުރުކީގެ އިގްތިސާދަށް ދަތި ކުރުމުގެ ގޮތުން އެކި އެކި "ހަމަލާތައް" ދިނުމަކީ ބަންގި އަށް ހަމަލާއެއް ދިނުން ފަދަ ކަމެއް ކަމަށް ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވެއްޖެ އެވެ.

ތުރުކީއާ ދެކޮޅަށް އިގްތިސާދީ ފިޔަވަޅުތައް އަޅާފައި ވަނީ އެމެރިކާ އިންނެވެ. ނަމަވެސް އީދުގެ މުނާސަބަތުގައި އުރުދުޣާން ދެއްވި މެސެޖްގައި ވަކި ގައުމެއްގެ ނަން ވިދާޅުވެފައެއް ނުވެ އެވެ.

"ތުރުކީގެ އިގްތިސާދަށް ހަމަލާ ދިނުމަކީ ބަންގި އާއި ގައުމީ ދިދަ އަށް ހަމަލާ ދިނުން ފަދަ ކަމެއް،" އުރުދުޣާން ވިދާޅުވި އެވެ. "މަގްސަދު ހަމައެކައްޗެއް. ބޭނުމަކީ ތުރުކީ ކުޑަކަކޫ މައްޗަށް ތިރިކުރުން."

ތުރުކީއާ ދެކޮޅަށް އެމެރިކާ އިން ފިޔަވަޅު އަޅަމުން ދަނީ އަންކަރާގައި ހުރި ފާދިރީއަކު ދޫކޮށްނުލައިގެންނެވެ. ތުރުކީން ބުނެފައި ވަނީ އެއީ ޓެރަރިސްޓް ގްރޫޕްތަކާ ގުޅުން އޮންނަ މީހެއް ކަމަށެވެ.

ތުރުކީގެ އިގްތިސާދަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ އަކީ ގައުމުގެ ފައިސާގެ އަގު ދަށަށް ދިއުމެވެ.