21 އޯގަސްޓް 2018 - 05:56

ޕްލާސްޓިކް ކުނިބުނީގެ މައްސަލައަކީ މިއަދު މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ތިމާވެށީގެ އެންމެ ބޮޑު ވަބާއެވެ. އެއްފަހަރު ބޭނުންކުރުމަށް ފަހު އުކާލާ ޕްލާސްޓިކް ފުޅި އާއި ކޮތަޅުން ދުނިޔޭގެ ބައެއް ހިސާބުތަކުގެ ކަނޑުތައް ތަޣައްޔަރުވަމުންދާ ކަމީ މިއަދު ފެންނަން އޮތް ހަގީގަތެކެވެ. ދުނިޔެއިން ޕްލާސްޓިކް މަދުކުރުމަށް ގަދައަޅާ ކުރާ މަސައްކަތްތަކުގެ ތެރޭގައި އެއްފަހަރަށް ވުރެ ގިނަ ފަހަރު ބޭނުންކުރެވޭނެ ޒާތުގެ ތަކެތި އުފެއްދުމަކީ ތިމާވެއްޓަށް ލޯބިކުރާ މީހުން މިހާރު ޚާއްސަ ސަމާލުކަމެއްދޭ ކަމެކެވެ. ލިޑް ފެންފުޅިއަކީ އެތައް ފަހަރަކު ފެން އަޅައިގެން ބޭނުންކުރެވޭނެ ތިމާވެށީގެ އެކުވެރި ފެންފުޅިއެކެވެ.

ލިޑް ފެންފުޅީގެ އެންމެ ޚާއްސަ ސިފައަކީ ބިއްލޫރި ތައްޓެއްހެން ކޮންމެ ދިމާއެއްގައި އަނގަ ޖަހައިގެން ވެސް މި ފެންފުޅިން ފެން ބޮވޭކަމެވެ. ފެން ފުޅި ހުޅުވޭނީ ފުޅީގައި ތުންޖެހީމައެވެ. އޭގެ ކުރިން ހުންނާނީ ފުޅީގެ އަނގަމަތި ވަށައިގެން ތަޅުލެވިފައެވެ. ބަންޑުންވާނެ އެއްވެސް ޖާގައެއް، އާނގައެއް ނޯންނާނެއެވެ.
ތަރުމޯޒު ޓެކްނޮލޮޖީ ވެސް ބޭނުންކޮށްގެން އުފައްދާފައިވާ ލިޑް ފެންފުޅިއަކީ ކޮންމެ އުމުރެއްގެ މީހަކަށް ވެސް އެކަށީގެންވާ ގޮތަށް އުފައްދާފައިވާ ފެންފުޅިއެކެވެ. ބޭނުން ނަމަ ހޫނުކޮށް މި ފުޅިއަށް ފެން އަޅައިގެން ހިހޫނުވެ ފެން ހުސްވަންދެން ބޮވޭނެއެވެ. ފިނިފެން އަޅައިފިނަމަ ވަޅުފެނަށް ބަދަލުނުވެ، ފުޅި ހުސްވަންދެން ފިނިކަންމަތީ ދެމިހުންނާނެއެވެ.
ލިޑް ފެންފުޅި ދެ ސައިޒަކުން ލިބެން ހުރެއެވެ. އެއީ 13 އައުންސް ފެންފުޅި އާއި 17 އައުންސް ފެންފުޅިއެވެ. ފުޅީގެ މަތިގަނޑު އުފައްދާފައި ވަނީ ވަޔަލަސްކޮށް ޗާޖުކުރެވޭ ގޮތަށެވެ. އެންމެ 4 ގަޑިއެއްހާ އިރު ތެރޭ ފުރިހަމައަށް ޗާޖުވާނެއެވެ. މި ފެންފުޅިން ފެން ބަންޑުންނުވާނެކަން ޔަގީނެވެ. ހާސްކަމެއް ނެތި ދަބަސްތެރެއަށް ފުޅި ލެވިދާނެއެވެ.
މަތިންދާބޯޓު ދަތުރުތަކާއި ގަދަ ކަނޑުގައި ކުރާ ދަތުރުތަކުގައި ވެސް މޫނުމައްޗަށް ފެން ބަންޑުންނުވާނެކަން ކަށަވަރުވެގެން ހުރެ ފެންބޮވޭނެއެވެ. ފެންބޯންވުމުން ފުޅީގެ ތުން ވަކިން ހޯދާކަށް ނުޖެހޭނެއެވެ. ބޭނުން ދިމާއެއްގައި ތުން ޖަހައިގެން ފެން ބޯންވީއެވެ. ހޮޅި ހުޅުވާކަށް، ފުޅީގެ ތުން ހޯދާކަށް ނުޖެހޭނެއެވެ.