20 އޯގަސްޓް 2018 - 19:00

އޯކްލޭންޑް (އޮގަސްޓް 20) - ނިއު ޒީލެންޑުގެ އަންހެނުންނާ ބެހޭ މިނިސްޓަރު ވިހެއުމަށް ޓަކައި ބައިސްކަލްގައި ހޮސްޕިޓަލަށް ވަޑައިގެންފި އެވެ.
ގްރީން ޕާޓީ އަށް ނިސްބަތްވާ ވަޒީރު ޖޫލީ ޖެންޓާ ބައިސްކަލްގައި ވަޑައިގެންނެވުމުގެ އެއް ބޭނުމަކީ ކާރުގައި ވަޑައިގަތުމުން ކާރު ޕާކްކުރާނެ އެކަށީގެންވާ ޖާގަ ނޯންނާނެތީ އެވެ. އެކަމަނާ އާއި ޕާޓްނަރު ހޮސްޕިޓަކަށް ބައިސްކަލުގައި ވަޑައިގެންނެވި މަންޒަރުގެ ފޮޓޯތައް އިންސްޓަގްރާމް ކުރައްވައިފައިވެ އެވެ.
ޖޫލީ، 38، އަކީ ނިއު ޒީލެންޑުގެ އެސޯސިއޭޓް ޓްރާންސްޕޯޓް މިނިސްޓަރު ވެސް މެ އެވެ. އެކަމަނާ އަކީ ބައިސްކަލް ދުއްވުމަށް ބާރު އެޅުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރައްވާ ބޭކަނބަލެކެވެ. އެމެރިކާ އަށް އުފަން ޖޫލީ ބަލިވެއިންނެވިކަން އިންސްޓަގްރާމް މެދުވެރިކޮށް އިއުލާން ކުރައްވަމުން ވިދާޅުވެފައި ވަނީ "ބައިސްކަލަށް ސީޓެއް އިތުރު ވަނީ" ކަމަށެވެ.