ނެޓްފްލިކްސް އަށް ދީޕާ މެހެތާ ހަދާ ވެބް ސީރީޒްގައި ހުމާ ގްރެއިޝީ
ނެޓްފްލިކްސް އަށް ދީޕާ މެހެތާ ހަދާ ވެބް ސީރީޒްގައި ހުމާ ގްރެއިޝީ

ދުނިޔޭގެ އެންމެ މަގުބޫލް ސްޓްރީމިން ސާވިސް، ނެޓްފްލިކްސްގެ ނުފޫޒު އިންޑިއާގައި ގަދަވަމުން އަންނަ އިރު، ބޮލީވުޑްގެ އިތުރު ބަތަލާ އެކު އަނެއްކާ ވެސް މި ސްޓްރީމިން ސާވިސްގެ ވެބް ސީރީޒަކަށް ސޮއިކޮށްފި އެވެ.

ނެޓްފްލިކްސް އަށް ދީޕާ މެހެތާ ހަދާ ވެބް ސީރީޒްގައި ހުމާ ގްރެއިޝީ
ނެޓްފްލިކްސް އަށް ދީޕާ މެހެތާ ހަދާ ވެބް ސީރީޒްގައި ހުމާ ގްރެއިޝީ

މި ފަހަރު ނެޓްފްލިކްސްއާ އަތުގުޅައިލި ބަތަލާއަކީ "ގޭންގްސް އޮފް ވަސޭޕޫރް" އާއި "އޭކް ތީ ޑާޔަން" އަދި "ބަދްލާޕޫރް" ފަދަ ފިލްމްތައް ކުޅުނު ހުމާ ގްރޭޝީ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން މި ވެބް ސީރިޒްގެ ޑައިރެކްޓަރަކީ އިންޑިއާ ދަރިކޮޅުގެ ކެނެޑާގެ ޑައިރެކްޓަރު ދީޕާ މެެހެތާ އެވެ. އޭނާއަކީ ވަރަށް ކާމިޔާބު އަދި އެހާމެ މަގުބޫލު ފިލްމްތަކެއް ގެނެސް ދީފައިވާ ޑައިރެކްޓަރެކެވެ. އޭގެ ތެރޭގައި ފަޔާ (1996)، އާތު (1999) އަދި މިޑްނައިޓްސް ޗިލްޑްރެން (2012) ހިމެނެ އެވެ.

ހުމާ ބަތަލާއަކަށް ލައިގެން ދީޕާ ޑައިރެކްޓް ކުރާ ވެބް ސީރީޒްގެ ޝޫޓިން މި އަހަރުގެ ފަހުކޮޅު ފަށަން ރޭވި ނަމަވެސް، އެއާ ބެހޭ އެއްވެސް ތަފުސީލެއް އަދި ހާމައެއް ނުކުރެ އެވެ.

ހުމާ، 32، އެންމެ ފަހުން ފެނިގެން ދިޔަ ފިލްމަކީ ޖޫން މަހު ރިލީޒް ކުރި ރަޖްނީކާންތުގެ "ކާލާ" އެވެ.