ކޮންގްރެސް ޕާޓީގެ މެންބަރުންގެ މުސާރަ ކެރަލާގައި ހާލުގައި ޖެހުނު މީހުންނަށް
ކޮންގްރެސް ޕާޓީގެ މެންބަރުންގެ މުސާރަ ކެރަލާގައި ހާލުގައި ޖެހުނު މީހުންނަށް

ނިއު ދިއްލީ (އޮގަސްޓް 19) - އިންޑިއާގެ އިދިކޮޅު ކޮންގްރެސް ޕާޓީގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންގެ އެއް މަސް ދުވަހުގެ މުސާރަ ކެރަލާގެ ފެންބޮޑުވުމުގައި ހާލުގައި ޖެހުނު މީހުންނަށް ހަދިޔާ ކުރަން ނިންމައިފި އެވެ.

ކޮންގްރެސް ޕާޓީގެ މެންބަރުންގެ މުސާރަ ކެރަލާގައި ހާލުގައި ޖެހުނު މީހުންނަށް
ކޮންގްރެސް ޕާޓީގެ މެންބަރުންގެ މުސާރަ ކެރަލާގައި ހާލުގައި ޖެހުނު މީހުންނަށް

ކޮންގްރެސް ޕާޓީގެ އިސް ފަރާތްތަކުން އިއްޔެ ބޭއްވި ބައްދަލުވުމުގައި ޕާޓީގެ ލީޑަރު ރާހުލް ގާނދީ ވަނީ ކެރަލާ އަށް ދިމާވެފައިވާ ހާލަތަކީ "ގައުމީ ކާރިސާއެއްގެ" ގޮތުގައި އިއުލާން ކުރުމަށް ބޮޑު ވަޒީރު ނަރެންދުރަ މޯދީ އަށް ގޮވާލައްވައިފަ އެވެ.

ކޮންގްރެސް ޕާޓީގެ ބައްދަލުވުމަށް ފަހު ޕާޓީގެ ތަރުޖަމާން ރަންދީޕް ސިންގް ވިދާޅުވީ ކެރަލާގައި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އެހީވުމުގައި އިސް ނަގަން ޖެހޭނީ މޯދީގެ ސަރުކާރުން ކަމަށެވެ.

އިންޑިއާގެ އާމް އާދުމީ ޕާޓީ (އޭއޭޕީ) އިން ވެސް ވަނީ އެ ޕާޓީގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންގެ އެއް މަހުގެ މުސާރަ ކެރަލާގެ ފެންބޮޑުވުމުގައި ހާލުގައި ޖެހުނު މީހުންނަށް ހަދިޔާ ކުރާނެކަން އިއުލާންކޮށްފަ އެވެ. ވެރިރަށް ނިއު ދިއްލީގެ ޗީފް މިނިސްޓަރު އަދި ޕާޓީގެ ލީޑަރު އަރްވިންދު ކެޖްރިވާލް ވިދާޅުވީ ދިއްލީ ސަރުކާރުން ކެރަލާ އަށް 10 ކްރޯޑް ރުޕީސް ހަދިޔާ ކުރަން ނިންމާފައިވާ ކަމަށެވެ.

ކެރަލާ ސްޓޭޓަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ވަނީ މިހާތަނަށް 357 މީހުން މަރުވެފަ އެވެ. އަދި މިއީ ވޭތުވެދިޔަ 100 އަހަރު ތެރޭ އެ ސްޓޭޓަށް ކުރާ އެންމެ ވަރުގަދަ ވިއްސާރަ އެވެ.