އދ.ގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް ކޯފީ އަނާން އަވަހާރަވެއްޖެ
އދ.ގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް ކޯފީ އަނާން އަވަހާރަވެއްޖެ

ޖެނީވާ (އޮގަސްޓް 18) - އދ.ގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް ކޯފީ އަނާން މިއަދު އަވަހާރަވެއްޖެ އެވެ.

ދުނިޔޭގެ އެންމެ އިސް ޑިޕްލޮމެޓުގެ ގޮތުގައި 1997 އިން 2006 އަށް އދ.ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގެ ދެ ދައުރު އަދާކުރެއްވި އަނާން އަވަހާރަވި އިރު އުމުރުފުޅަކީ 80 އަހަރެވެ. އަނާން އަކީ އދ.ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ވަޑައިގެންނެވި އެފްރިކާގެ ކަޅު ނަސްލުގެ ފުރަތަމަ ބޭފުޅާ އެވެ. ފަހުން އެމަނިކުފާން ވަނީ ސީރިއާ އަށް ކަނޑައަޅާފައި ހުންނަ އދ.ގެ ޚާއްސަ މަންދޫބުގެ ގޮތުގައި މަސައްކަތް ކުރައްވައިފަ އެވެ.

ގާނާގައި 1938 ވަނަ އަހަރު އުފަންވެވަޑައިގެންނެވި އަނާން އަކީ އދ.ގެ ހަތް ވަނަ ސެކްރެޓަރީ ޖެނެރަލް އެވެ. ދުނިޔޭގައި ސުލްހަ ގާއިމް ކުރަން ކުރެއްވި މަސައްކަތަށް އަނާން އަށް 2001 ވަނަ އަހަރު ވަނީ ނޯބެލް ސުލްހައިގެ އިނާމު ލިބިވަޑައިގެންފަ އެވެ.