ހަވީރު 5 ގެ ފަހުން ކުޑަކުދިންނަށް މަނާ ރެސްޓޯރަންޓެއް
ހަވީރު 5 ގެ ފަހުން ކުޑަކުދިންނަށް މަނާ ރެސްޓޯރަންޓެއް

އުމުރުން 14 އަހަރުން ދަށުގެ ކުދިންނަށް ހަވީރު 5:00 ގެ ފަހުން ނުވަދެވޭ ގޮތަށް ޖަރުމަންގެ ރެސްޓޯރަންޓަކުން ހެދުމާ ގުޅިގެން އެތައް ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ އެވެ.

ހަވީރު 5 ގެ ފަހުން ކުޑަކުދިންނަށް މަނާ ރެސްޓޯރަންޓެއް
ހަވީރު 5 ގެ ފަހުން ކުޑަކުދިންނަށް މަނާ ރެސްޓޯރަންޓެއް

މިގޮތަށް ނިންމާފައި ވަނީ ޖަރުމަންގެ ރުޖެން އައިލެންޑްގައި ހުންނަ އޮމާސް ކޫޗް (ގްރޭންޑްމާސް ކިޗެން) އިންނެވެ. މިކަމަށް ފާޑުކީ ބައެއް މީހުން ބުނެފައި ވަނީ މިއީ "ހިތެއްނެތް" ނިންމުމެއް ކަމަށެވެ.

ހަވީރު 5 ގެ ފަހުން ކުޑަކުދިންނަށް މަނާ ރެސްޓޯރަންޓެއް
ހަވީރު 5 ގެ ފަހުން ކުޑަކުދިންނަށް މަނާ ރެސްޓޯރަންޓެއް

އޮމާސް ކޫޗް ވެރިޔާ ރުޑޯލްޕް މާކަލް ޑީޕީއޭ ނިއުސް އެޖެންސީ އަށް ބުނި ގޮތުގައި 14 އަހަރުން ދަށުގެ ކުދިންނަށް ހަވީރު 5:00 ފަހުން ހިދުމަތް ނުދޭން ނިންމީ އެކަން ކުރަން ވިސްނާތާ ވަރަށް ގިނަ ދުވަސް ފަހުންނެވެ.

މިއީ "ދަރިންގެ އުނދަގުލާ ނުލައި މައިންބަފައިންނަށް ހަމަޖެހިލައިގެން ކާލަން ފުރުސަތު ދިނުމުގެ ގޮތުން ކުރި ކަމެއް" ކަމަށާއި "މިކަމުގެ ސަބަބުން ހަމަޖެހުން ލިބޭނެ ކަމަށް" ރުޑޯލްފް ބުންޏެވެ.

ރުޑޯލްފް ބުނި ގޮތުގައި ކުޑަކުދިންނަށް ރެސްޓޯރަންޓުން ހިދުމަތް ދޭ ވަގުތަށް ހައްދެއް ގެނައީ، ހަލަނިކޮށް އުޅޭ ސަކަރާތް ބޮޑު ކުދިންގެ ފަރާތުން ރެސްޓޯރަންޓަށް ގެއްލުންތަކެއް ވެސް ލިބޭތީ އެވެ. އެގޮތުން ތަނުގެ އިންޓީރިއަށާއި ބައެއް ތަކެއްޗަށް ކުދިންގެ ފަރާތުން ގެއްލުން ލިބޭ ކަމަށް ބުންޏެވެ.

"ހަމަ މިއާ އެކު ތަން ހަޑި ކުރުމަކީ ވެސް ކުދިންގެ ފަރާތުން ވަރަށް ބޮޑަށް ދިމާވާ ކަމެއް،" ރުޑޯލްފް ބުންޏެވެ. "ހަގީގަތުގައި އެންމެ ބޮޑު މަގުސަދަކީ ހިތްހަމަޖެހިލައިގެން ތިބެ މައިންބަފައިންނަށް ރެސްޓޯރަންޓްގައި ވަގުތުކޮޅެއް ހޭދަކޮށްލަން މަގުފަހިކޮށް ދިނުން. އަހަރެމެންނަށް ވަރަށް ގިނައިން ފެނޭ ދަރިން ގޮވައިގެން ވެސް އައިސް ބެލެނިވެރިން އުޅެން ޖެހޭ ހާލު."

މި ބަދަލާ ގުޅިގެން ރެސްޓޯރަންޓަށް ފާޑު ކިޔުންތައް އަމާޒުވި ނަމަވެސް އެތަނުން ބުނީ މި ބަދަލަކީ ގިނަ ބަޔަކު ގަޔާވާ ކަމެއް ކަމަކަށް ވެގެން ދާނެ ކަމުގެ އުންމީދު ބޮޑު ކަމަށެވެ.

"މިހާރު ވެސްް އަހަރެމެންގެ ރެގިއުލާ ކަސްޓަމަރުންގެ ފަރާތުން ލިބޭ ފީޑްބެކްތައް ރަނގަޅު،" ރުޑޯލްފް ބުންޏެވެ.