އިންޑިއާގެ ކުރީގެ ބޮޑު ވަޒީރު ވަޖްޕާއީ އަވަހާރަވެއްޖެ
އިންޑިއާގެ ކުރީގެ ބޮޑު ވަޒީރު ވަޖްޕާއީ އަވަހާރަވެއްޖެ

ނިއު ދިއްލީ (އޮގަސްޓް 16) - އިންޑިއާގައި ތިން ފަހަރެއްގެ މަތިން ބޮޑު ވަޒީރުކަން ކުރެއްވި އަތަލް ބިހާރީ ބަޖްޕާއީ މިއަދު ހަވީރު އަވަހާރަވެއްޖެ އެވެ.

އިންޑިއާގެ ކުރީގެ ބޮޑު ވަޒީރު ވަޖްޕާއީ އަވަހާރަވެއްޖެ
އިންޑިއާގެ ކުރީގެ ބޮޑު ވަޒީރު ވަޖްޕާއީ އަވަހާރަވެއްޖެ

އޯލް އިންޑިއާ އިންސްޓްޓިއުޓް އޮފް މެޑިކަލް ސައެންސްގައި ފަރުވާ ދެމުން ގެންދިޔަ އުމުރުން 93 އަހަރުގެ ވަޖްޕާއީގެ ހާލުކޮޅު ދެރަވުމުން ބޮޑު ވަޒީރު ނަރެންދުރަ މޯދީ ވެސް މިއަދު ވަނީ ހޮސްޕިޓަލަށް ވަޑައިގެން ވަޖްޕައީގެ އަރިހުގައި މަޑުކުރައްވައިފަ އެވެ. އަދި ބީޖޭޕީގެ އިސް ލީޑަރުން ވެސް މިއަދު ވަނީ ހޮސްޕިޓަލަށް ވަޑައިގެންފަ އެވެ.

ކިޑްނީ އިންފެކްޝަނަކާ ގުޅިގެން ވަޖްޕާއީ ހޮސްޕިޓަލްގައި އެޑްމިޓްކުރީ މީގެ ދެ މަސް ކުރިންނެވެ.

އިންޑިއާގެ ބޮޑު ވަޒީރު ކަމަށް 1996 ވަނަ އަހަރު ފުރަތަމަ ވަޑައިގެންނެވި ވަޖްޕާއީ އަށް މަގާމުގައި ދެމިހުންނެވުނީ 13 ދުވަހަށެވެ. އޭގެ ފަހުން ދެ ވަނަ ފަހަރަށް ބޮޑު ވަޒީރު ކަމަށް 1998 ވަނަ އަހަރު ވަޑައިގެން 11 މަސް ދުވަހު މަގާމު ފުރުއްވި އެވެ. ތިން ވަނަ ފަހަރަށް ބޮޑު ވަޒީރު ކަމަށް ވަޑައިގެން 1999-2004 އަށް ދައުރެއް ފުރިހަމަ ކުރެއްވި އެވެ. ބީޖޭޕީ އަށް 2004 ވަނަ އަހަރު ލިބުނު ނާކާމިޔާބީ އަށް ފަހު ވަޖްޕާއީ ވަނީ ސިޔާސީ ކަންކަމުން ދުރަށް ވަޑައިގެންފަ އެވެ.