16 އޯގަސްޓް 2018 - 14:48

އޭޝިޔާގައި މަޝްހޫރުކަން ހޯދަމުން އަންނަ ސިއްހަތަށް ފައިދާ ހުރި ސީރިއަލް ބްރޭންޑެއް ކަމަށްވާ ބެގްރީސް ބްރޭންޑްގެ 25 އުފެއްދުމެއް އެސްޓީއޯ ސުޕަމާޓުން ހާއްސަ އަގުތަކެއްގައި ބާޒާރަށް ނެރެފި އެވެ.

ބެގްރީސް ކުންފުންޏަކީ އިންޑިއާގައި ސީރިއަލް އުފެއްދުމުގެ މަސައްކަތުގައި 50 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ކުންފުންޏެކެވެ.

އެސްޓީއޯ އިން ބުނީ ބެގްރީސްގެ އުފެއްދުންތަކަކީ ބާޒާރުގައި އާންމުކޮށް ވިއްކަން ހުންނަ ސީރިއަލް ބްރޭންޑްތަކާ ހިލާފަށް އެއްވެސް އާޓިފިޝަލް މާއްދާތަކެއް ނުހިމަނައި، ހަމައެކަނި ގުދުރަތީ ތަކެއްޗާއި ދުނިޔޭގެ އެކިއެކި ކަންކޮޅުތަކުން އެތެރެކުރެވޭ ރޯމެޓީރިއަލްސް ހިމަނައިގެން އުފައްދާފައިވާ ކޮލެޓީ ރަނގަޅު ބްރޭންޑެއް ކަމަށެވެ. އަދި ބެގްރީސްގެ ހުރިހާ އުފެއްދުންތަކަކީވެސް ހަށިގަނޑަށް ބޭނުންވާ ފައިބާގެ މާއްދާތަކުން މުއްސަނދި ކުރެވިފައިވާ އުފެއްދުންތަކެއް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
އެސްޓީއޯ އިން ބުނީ އެ ކުންފުނިން ބާޒާރަށް ނެރުނު ބެގްރީސްގެ 25 އުފެއްދުމުގެ ތެރޭގައި ކޯން ފްލެކްސްގެ ހަ ވައްތަރަކާއި ކުޑަކުދިންނަށް ހާއްސަ ޗޮކޯސްގެ ދެ ވައްތަރަކާއި އޯޓްސްގެ 8 ވައްތަރަކާއި، މިއުސްލީގެ ހަތް ވައްތަރެއްގެ އިތުރުން ޗިޔާ ސީޑްސް އާއި ކުއިނޯ ވެސް ހިމެނޭ ކަމަށެވެ.
އެ ކުންފުނިން ބުނީ ބެގްރީސް ބްރޭންޑްގެ ހުރިހާ ބާވަތްތަކަކީ ވެސް މިވަގުތު ރާއްޖޭގެ ބާޒާރުން ލިބެންހުރި އެންމެ އަގުހެޔޮ އަދި އެންމެ ކޮލެޓީ ރަންގަޅު އެއް ބްރޭންޑް ކަމަށެވެ. އަދި ބެގްރީސް ބްރޭންޑްގެ ވައްތަރުތައް މިހާރު ވެސް ހޯލްސޭލްކޮށް އެސްޓީއޯ ސުޕަމާޓް ހޯލްސޭލް ސެންޓަރުން ލިބޭނެ ކަމަށެވެ އަދި ރީޓެއިލްކޮށް އެސްޓީއޯ ސުޕަމާޓްގެ އިތުރުން އަތޮޅުތެރޭގައި ހުންނަ އެސްޓީއޯގެ ރީޖަނަލް ފިހާރަތަކުންނާއި މާލެ އާއި އަތޮޅުތެރޭގައި ހުންނަ އާންމު ގިނަ ފިހާރަތަކުން ލިބެން ހުންނާނެ ކަމަށްވެސް އެސްޓީއޯއިން ބުންޏެވެ.