އެސްޓާސް އިން ބަދިގެ ސެޓް އެ މީހަކު ބޭނުން ގޮތަކަށް ތައްޔާރުކޮށްދެނީ
އެސްޓާސް އިން ބަދިގެ ސެޓް އެ މީހަކު ބޭނުން ގޮތަކަށް ތައްޔާރުކޮށްދެނީ

އެސްޓާސް އިން ބަދިގެ ސެޓް އެ މީހަކު ބޭނުންވާ ގޮތަކަށް ޑިޒައިންކޮށް، ތައްޔާރުކޮށްދޭން ފަށައިފި އެވެ.

އެސްޓާސް އިން ބަދިގެ ސެޓް އެ މީހަކު ބޭނުން ގޮތަކަށް ތައްޔާރުކޮށްދެނީ
އެސްޓާސް އިން ބަދިގެ ސެޓް އެ މީހަކު ބޭނުން ގޮތަކަށް ތައްޔާރުކޮށްދެނީ

ބަދިގެ އާއި ގޭތެރެއަށް ބޭނުންވާ ފަރުނީޗަރުގެ ވިޔަފާރިކުރާ ކުންފުނިން ބުނީ އެތަނުން ބޭނުން ކުރަނީ ބަދިގެ ސާމާނު ތައްޔާރުކުރާ ދުނިޔޭގެ އެންމެ ވަރުގަދަ އެއް ކުންފުނި "ވަޓީ"ގެ އުފެއްދުންތައް ކަމަށެވެ. އަދި އެ މީހަކު ބޭނުންވާ ގޮތަކަށް އެތަނުގެ ޑިޒައިނަރުން ބަދިގެ ސެޓް ރާވާނެ ގޮތް ކިޔައިދޭނެ ކަމަށް ވެސް އެސްޓާސް އިން ބުންޏެވެ.

އެ ކުންފުނިން ބުނީ ބަދިގެ ޑިޒައިންކޮށްދޭ އެ ކުންފުނީގެ ޑިޒައިނަރުން ކޮންމެ ދުވަހެއްގެ މެންދުރު ފަހު 2:00ން ރޭގަނޑު 9:00 އަށް ހުޅުމާލޭގެ ފިހާރާގައި މަސައްކަތްކުރާނެ ކަމަށެވެ. އޭގެ އިތުރުން ބަދިގެ ސެޓް ހަރުކުރާ ތަނުގެ މިން ނެގުމާއި ޖާގަ ބޭނުންކުރާނެ ގޮތާއި ޑިޒައިންކޮށް ދިނުން އަދި ކިޗަން ސެޓް ހަރުކޮށްދިނުމުގެ ހިދުމަތް ވެސް އެސްޓާސް އިން ދެ އެވެ.

އެސްޓާސްއިން ތަފާތު ހަތަރު ސައިޒެއްގެ ހަތަރު އަގެއްގައި ބަދިގެ ސެޓް ވިއްކަ އެވެ. އެގޮތުން މެޓް ވައިޓް، ފަސް ފޫޓު ދިގު ބަދިގެ ސެޓެއް ވިއްކަނީ ހަރުކޮށްދިނުމުގެ ފީ ނުހިމަނައި 11،158ރ. އަށެވެ. މީގެ ތެރޭގައި ބަދިގެ ކަބަޑް ސެޓްގެ އިތުރުން ވަޓީ ރޭންޖްގެ ހުޑަކާއި ދެތަނުން ކެކޭ ގޭސް އުނދުނެއް އަދި އެއްތަށިގަނޑު ހިމެނޭ ސިންކަކާއި ފެން އިސްކުރެއް ވެސް ހިމެނެ އެވެ. އަދި 3،450ރ.ގެ ފީއެއް ހަރުކޮށްދިނުމަށް ނަގަ އެވެ.

އެ ކުންފުނިން ވިއްކާ ހައި ގްލޮސް ލެކުއާ ބަދިގެ ސެޓެއް ވިއްކަނީ 13،540ރ. އަށެވެ. އެ ސެޓްގައި ވެސް ބަދިގެ ކަބަޑް ސެޓްގެ އިތުރުން ވަޓީ ރޭންޖްގެ ހުޑަކާއި ދެތަނުން ކެކޭ ގޭސް އުނދުނެއް އަދި އެއްތަށިގަނޑު ހިމެނޭ ސިންކަކާއި ފެން އިސްކުރެއް ވެސް ހިމެނެ އެވެ. އަދި ކަބަޑް ސެޓް ހަރުކޮށްދިނުމަށް 3،450ރ.ގެ ފީއެއް ނަގަ އެވެ.

އެސްޓާސް އިން ވިއްކާ މެޓް ވައިޓް 15 ފޫޓު ދިގު ކަބަޑް ސެޓެއް ވިއްކަނީ ހަރުކޮށްދިނުމުގެ ފީ ނުލައި 24،496ރ. އަށެވެ. އެ ސެޓްގައި ވެސް ބަދިގެ ކަބަޑް ސެޓްގެ އިތުރުން ވަޓީ ރޭންޖްގެ ހުޑަކާއި ހަތަރު ތަނުން ކެކޭ ގޭސް އުނދުނެއް އަދި އެއްތަށިގަނޑު ހިމެނޭ ސިންކަކާއި ފެން އިސްކުރެއް ވެސް ހިމެނެ އެވެ. އަދި ކަބަޑް ސެޓް ހަރުކޮށްދިނުމަށް 5،770 ރ.ގެ ފީއެއް ނަގަ އެވެ. އޭގެ އިތުރުން ހައި ގްލޮސް ލެކުއާ ބަދިގެ ސެޓެއް ވިއްކަނީ ހަރުކޮށްދިނުމުގެ ފީ ނުލައި 29،779ރ. އަށެވެ. ކަބަޑް ސެޓް ހަރުކޮށްދިނުމަށް 5،770 ރ.ގެ ފީއެއް ނަގަ އެވެ. އެ ސެޓްގައި ވެސް އެ ސެޓްގައި ވެސް ބަދިގެ ކަބަޑް ސެޓްގެ އިތުރުން ވަޓީ ރޭންޖްގެ ހުޑަކާއި ހަތަރު ތަނުން ކެކޭ ގޭސް އުނދުނެއް އަދި އެއްތަށިގަނޑު ހިމެނޭ ސިންކަކާއި ފެން އިސްކުރެއް ވެސް ހިމެނެ އެވެ.