އިމްރާނަށް ގިނަ ވެގެން ގެއްލޭނީ އެއް މެޗު: މާޒިޔާ
އިމްރާނަށް ގިނަ ވެގެން ގެއްލޭނީ އެއް މެޗު: މާޒިޔާ

މާޒިޔާ އާއި ގައުމީ ފުޓްބޯޅަ ޓީމުގެ ގޯލްކީޕަރު އިމްރާން މުހައްމަދުގެ ވާތު ފައިގެ ކުޑަހުޅަށް ލިބިފައިވާ އަނިޔާ ސީރިއަސް ނޫން ކަމަށާއި އޭނާ އަށް ގިނަ ވެގެން ގެއްލޭނީ އެންމެ މެޗެއް ކަމަށް މާޒިޔާ އިން ބުނެފި އެވެ.

އިމްރާނަށް އަނިޔާވީ އަންގާރަ ދުވަހު މާޒިޔާގެ ޕްރެކްޓިހުގަ އެވެ. އެއާ އެކު، އޭނާ އަށް އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި އިއްޔެ ވިކްޓަރީއާ 3-3 އިން އެއްވަރުވި މެޗުގައި ނުކުޅެވުނެވެ. އިއްޔެގެ މެޗުގައި މާޒިޔާގެ ގޯލް ބެލެހެއްޓީ ސްރީ ލަންކާގެ މުހައްމަދު އިފްހާމެވެ.

މާޒިޔާގެ އޮފިޝަލަކު ބުނީ ލީގުގައި އަންނަ ހަފުތާގެ ހުކުރު ދުވަހު ވެލެންސިއާއާ ދެކޮޅަށް މާޒިޔާ ކުޅޭ މެޗަށް އިމްރާން ފިޓްވާނެ ކަމަށާއި އާދީއްތަ ދުވަހު ނިއުއާ ދެކޮޅަށް ކުޅޭ މެޗުގައި ވެސް ކުޅުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

ލަންކާ ކީޕަރު އިފްހާމަކީ، މި ފަހަރުގެ ޓްރާންސްފާގައި މާޒިޔާ އިން ގެނައި ކުޅުންތެރިއެކެވެ. އެ ޓީމުން އޭނާ ގެނައީ މާޒިޔާގެ ބަދަލު ދެ ކީޕަރުން ވެސް މުޅިން ފިޓްނުވާތީ ބެންޗު ވަރުގަދަކުރުމުގެ ގޮތުންނެވެ.