ކިމް މަރާލިކަމުގެ ހެކި އެބަހުރި، މައްސަލަ ކުރިއަށް ގެންދެވޭނެ
ކިމް މަރާލިކަމުގެ ހެކި އެބަހުރި، މައްސަލަ ކުރިއަށް ގެންދެވޭނެ

ކުއާލަ ލަމްޕޫރު (އޮގަސްޓް 16) - ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުންގެ ބޭބެ ކިމް ޖޮން-ނަމް މެލޭޝިއާގެ އެއާޕޯޓުގައި މަރާލި ކަމުގެ ހެކި ލިބިފައިވާ ކަމަށާއި އެ މައްސަލާގައި ތުހުމަތު ކުރެވޭ ދެ އަންހެނުންގެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ކުއާލަ ލަމްޕޫރުގެ ކޯޓަކުން މިއަދު ނިންމައިފި އެވެ.

ކިމް މަރާލިކަމުގެ ހެކި އެބަހުރި، މައްސަލަ ކުރިއަށް ގެންދެވޭނެ
ކިމް މަރާލިކަމުގެ ހެކި އެބަހުރި، މައްސަލަ ކުރިއަށް ގެންދެވޭނެ

މަކޫއާ އަށް ފުރަން ގޮސް މެލޭޝިއާ އެއާޕޯޓުގައި ހުއްޓާ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ކިމް މަރާލީ ވީއެކްސް ނާވް އެޖެންޓެއް ހާކައިފައިވާ ފޮތިގަނޑެއް އޭނާގެ މޫނުގައި އަޅައިގެންނެވެ.

ކިމް މަރާލިކަމުގެ ހެކި އެބަހުރި، މައްސަލަ ކުރިއަށް ގެންދެވޭނެ
ކިމް މަރާލިކަމުގެ ހެކި އެބަހުރި، މައްސަލަ ކުރިއަށް ގެންދެވޭނެ

ކިމް މަރާލި ކަމަށް ތުހުމަތުކޮށްފައިވާ ދެ އަންހެނުން ކަމަށްވާ ސިތި އާސިއާހް އާއި ދޯ ތި ހުއޮންގެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ފަނޑިޔާރު ނިންމީ ކިމްގެ މޫނުގައި އެ ދެ އަންހެނުން ވިހަ ފޮތިގަނޑު އަޅާ މަންޒަރު ސީސީޓީވީ ކެމެރާ އިން ފެންނަ އެބަހުރި ކަމަށް ބުނެ އެވެ. އަދި އެއީ ކިމް މަރާލުމަށް ކޮށްފައިވާ ކަމެއް ކަމަށް ވެސް ބުނެފައިވެ އެވެ.

އިންޑޮނީޝިއާ އަށް ނިސްބަތްވާ އާސިއާހް އާއި ވިއެޓްނާމް މީހެއް ކަމަށްވާ ހުއޮންގް ބުނެފައި ވަނީ އެއީ އެ މީހުން މަޖަލަކަށް ކޮށްފައިވާ ކަމެއް ކަމަށެވެ. ކިމް މަރާލި ކަމަށް އެ ދެ އަންހެނުންގެ މައްޗަށް ސާބިތުވެއްޖެ ނަމަ އެ މީހުންނަށް މަރުގެ ހުކުމް އަންނާނެ އެވެ.

ކިމް މަރާލި ދުވަހު މެލޭޝިއާ އިން ފުރައިގެން ދިޔަ ނޯތު ކޮރެއާ އަށް ނިސްބަތްވާ ހަތަރު މީހެއްގެ މައްޗަށް ވެސް ދައުވާ ކުރަން ވަނީ ނިންމައިފަ އެވެ.

ނޯތު ކޮރެއާގެ ކުރީގެ ލީޑަރު ކިމް ޖޮން-އިލް 2011 ވަނަ އަހަރު އަވަހާރަވުމާ ގުޅިގެން ވެރިކަން ލިބެން އޮތީ ކިމް ޖޮން-ނަމް އަށެވެ. ނަމަވެސް ވެރިކަން ހޯދީ އެއްބަފާ ކޮއްކޮ ކިމް ޖޮން-އުން އެވެ. އެ މައްސަލާގައި ކިމް ޖޮން-ނަމް ވަނީ އާއިލާއާ ދުރުވެފަ އެވެ. އޭނާ ގިނައިން ދިރިއުޅެނީ ވެސް ގައުމުން ބޭރުގަ އެވެ. ކިމް ޖޮން-ނަމް 2012 ވަނަ އަހަރު ވަނީ ނޯތު ކޮރެއާގެ ލީޑަރުގެ ކިބައިގައި ލީޑަޝިޕެއް ނެތް ކަމަށް ބުނެފަ އެވެ. ނަމަވެސް ވެރިކަމާ ހަވާލުވުމުގެ ޝައުގުވެރިކަން ނެތް ކަމަށް ކިމް ޖޮން-ނަމް ބުނެފައިވެ އެވެ.

ކިމްގެ މަރާ އެއްވެސް ގުޅުމެއް ނެތް ކަމަށް ނޯތު ކޮރެއާ އިން ވަނީ ބުނެފަ އެވެ.