ކާބުލްގެ ޓިއުޝަން ސެންޓަރެއް ގޮއްވާލައި 48 ކުދިން މަރާލައިފި
ކާބުލްގެ ޓިއުޝަން ސެންޓަރެއް ގޮއްވާލައި 48 ކުދިން މަރާލައިފި

ކާބުލް (އޮގަސްޓް 16) - އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގެ ޓިއުޝަން ސެންޓަރަަކަށް ދިން ޖާނުންފިދާވުމުގެ ބޮމުގެ ހަމަލާއެއްގައި 48 ކުދިން މަރުވެ 67 އަށް ވުރެ ގިނަ ކުދިން ޒަޚަމްވެއްޖެ އެވެ.

ކާބުލްގެ ޓިއުޝަން ސެންޓަރެއް ގޮއްވާލައި 48 ކުދިން މަރާލައިފި
ކާބުލްގެ ޓިއުޝަން ސެންޓަރެއް ގޮއްވާލައި 48 ކުދިން މަރާލައިފި

ފުލުހުން ބުނީ ޖާނުންފިދާވުމުގެ ހަމަލާ ދިން މީހާ ޓިއުޝަން ކްލާހަށް ވަނީ ޓީޗަރު ކިޔަވައިދެމުން ދަނިކޮށް ކަމަށެވެ. އޭގެ ފަހުން އޭނާގެ ހަށިގަނޑުގައި ހަރުކޮށްފައިވާ ގޮވާތަކެތި ވަނީ ގޮއްވާލައިފަ އެވެ. މަރުވި ގިނަ ކުދިންނަކީ ޔުނިވާސިޓީ އަށް ވަނުމުގެ ކުރިން ހަދާ ޓެސްޓަށް ތައްޔާރުވުމުގެ ގޮތުން އިތުރު ގަޑި ނަގަން ޓިއުޝަނަށް ދިޔަ ކުދިންނެވެ.

ހަމަލާ އިން ސަލާމަތްވި ދަރިވަރެއް ކަމަށްވާ އަލީ އަހުމަދު ބުނީ ބޮން ގޮއްވާލި އިރު ޓިއުޝަން ކްލާހުގައި 100 އަށް ވުރެ ގިނަ ކުދިން ތިބޭނެ ކަމަށެވެ.

ހަމަލާގެ ޒިންމާ އެއްވެސް ޖަމާއަތަކުން އުފުލައިފައެއް ނުވެ އެވެ. އަފްޣާނިސްތާނުގައި މީގެ ކުރިން މި ބާވަތުގެ ޖާނުންފިދާވުމުގެ ހަމަލާތައް ދީފައި ވަނީ ތާލިބާނުންނާއި އިސްލާމިކް ސްޓޭޓް (އައިއެސް) އިންނެވެ.