ކެރަލާގެ ފެންބޮޑުވުމުގައި 14 އަވަށް ރަތް އެލާޓްގައި

ޓްރިވެންޑްރަމް (އޮގަސްޓް 16) - އިންޑިއާގެ ދެކުނުގެ ހިސާބުތަކަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ކެރަލާގެ 14 އަވަށެއްގައި ރަތް އެލާޓް ނެރެފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.

ކެރަލާގެ ފެންބޮޑުވުމުގައި 14 އަވަށް ރަތް އެލާޓްގައި
ކެރަލާގެ ފެންބޮޑުވުމުގައި 14 އަވަށް ރަތް އެލާޓްގައި

ފެންބޮޑުވުމުގައި 67 މީހުން މަރުވެފައިވާ ކަމަށް ސްޓޭޓުގެ އޮފިޝަލުން ވަނީ ބުނެފަ އެވެ. ބުދަ ދުވަހު އެކަނި ވެސް 25 މީހުން މަރުވެފައިވާ ކަމަށް އޮފިޝަލުން ބުނެ އެވެ.

ކެރަލާގެ ފެންބޮޑުވުމުގައި 14 އަވަށް ރަތް އެލާޓްގައި
ކެރަލާގެ ފެންބޮޑުވުމުގައި 14 އަވަށް ރަތް އެލާޓްގައި

"ސްޓޭޓުގެ ބޮޑު ބައެއްގެ ހާލަތު ގޯސް. މަރުވާ މީހުންގެ އަދަދު އަދިވެސް މައްޗަށް ދާނެ ކަމަށް ލަފާކުރެވޭ،" ކެރަލާ ސްޓޭޓުގެ ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީގެ ސީނިއާ އޮފިޝަލަކު ވިދާޅުވި އެވެ.

ކެރަލާގެ ފެންބޮޑުވުމުގައި 14 އަވަށް ރަތް އެލާޓްގައި
ކެރަލާގެ ފެންބޮޑުވުމުގައި 14 އަވަށް ރަތް އެލާޓްގައި

އޮފިޝަލުން ލަފާ ކުރަނީ ކުރިއަށް އޮތް 24 ގަޑިއިރު ތެރޭ ވެސް ކެރަލާގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވާނެ ކަމަށެވެ.

ކެރަލާގެ ފެންބޮޑުވުމުގައި 14 އަވަށް ރަތް އެލާޓްގައި
ކެރަލާގެ ފެންބޮޑުވުމުގައި 14 އަވަށް ރަތް އެލާޓްގައި

ކެރަލާގެ ފެންބޮޑުވުމާ ގުޅިގެން ކޮޗިން އިންޓަނޭޝަނަލް އެއާޕޯޓް ވަނީ ބުދަ ދުވަހުން ފެށިގެން ހޮނިހިރު ދުވަހު މެންދުރާ ހަމައަށް ބަންދުކޮށްފަ އެވެ.

ކެރަލާގެ ފެންބޮޑުވުމުގައި 14 އަވަށް ރަތް އެލާޓްގައި
ކެރަލާގެ ފެންބޮޑުވުމުގައި 14 އަވަށް ރަތް އެލާޓްގައި

"ޑޮމެސްޓިކް ފްލައިޓްތަކާއި އިންޓަނެޝަނަލް ފްލައިޓްތައް ކަލްކަތާ ނުވަތަ ޓްރިވެންޑްރަމަށް ބަދަލު ކުރުމަށް އެއާލައިންތަކުގައި ވާނީ އެދިފައި،" އިންޑިއާގެ ސިވިލް އޭވިއޭޝަން މިނިސްޓަރު ސުރޭޝް ޕްރަބޫ ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ.

ކެރަލާގެ ފެންބޮޑުވުމުގައި 14 އަވަށް ރަތް އެލާޓްގައި
ކެރަލާގެ ފެންބޮޑުވުމުގައި 14 އަވަށް ރަތް އެލާޓްގައި

ކެރަލާގެ ޗީފް މިނިސްޓަރު ޕްނަރައި ވިޖަޔަން އިއްޔެ ވަނީ ސްޓޭޓުގެ ރެސްކިއު އޮފިޝަލުންނާ ބައްދަލު ކުރައްވައިފަ އެވެ. އަދި ސްޓޭޓުގެ ހާލަތާ ގުޅޭ ގޮތުން ވަނީ ބޮޑު ވަޒީރު ނަރެންދުރަ މޯދީއާ މަޝްވަރާ ކުރައްވައިފަ އެވެ.

ޗީފް މިނިސްޓަރު ވަނީ ކެރަލާގައި އެހީ ފޯރުކޮށްދިނުމުގެ މަސައްކަތަށް އިތުރު ސިފައިން ފޮނުވައިދިނުމަށް މައި ސަރުކާރުގައި އެދިފަ އެވެ.