16 އޯގަސްޓް 2018 - 09:22

ކްރިމިނަލް ކޯޓުގެ ގާޒީ އަހުމަދު ރަޝީދު ސިވިލް ކޯޓަށް ބަދަލުކޮށްފި އެވެ.
ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނިގޮތުގައި އަހުމަދު ރަޝީދު ސިވިލް ކޯޓަށް ބަދަލުކުރީ މިއަދުން ފެށިގެންނެވެ. އެތަނުން ބުނީ އެ ބަދަލު ގެނައީ އޭނާގެ އެދިވަޑައިގަތުމަކަށް ކަމަށެވެ.
އަހުމަދު ރަޝީދު ސިވިލް ކޯޓަށް ބަދަލުވިއިރު، ސަސްޕެންޝަންގައި އަހަރެއްހާ ދުވަސް ވަންދެން ހުންނެވުމަށް ފަހު އޭނާ އަލުން މަސައްކަތަކަށް ނިކުމެވަޑައިގަތީ މިދިޔަ އާދިއްތަ ދުވަހު އެވެ. އޭނާ ސަސްޕެންޑްކުރީ ކްރިމިނަލް ކޯޓު ހިންގުމާ ހަވާލުވެ ހުންނެވި ފަނޑިޔާރަކާ ދިމާލަށް ވިދާޅުވި އެއްޗަކާ ގުޅިގެން ކަމަށް ބުނެ އެވެ. އެކަމަކު ޖޭއެސްސީން މިދިޔަ ހަފުތާގައި ނިންމީ އެކަށީގެންވާ މިންވަރަށް ހެކި ލިބިފައި ނުވާތީ އަހުމަދު ރަޝީދުގެ މައްޗަށް އެ މައްސަލަ ސާބިތުނުވާ ކަމަށެވެ.
ކުރިން ޖޭއެސްސީގެ މެންބަރުކަން ވެސް ކުރެއްވީ އަހުމަދު ރަޝީދު ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރީ 2015 ވަނަ އަހަރު އެވެ. އޭނާއަކީ އެ ކޯޓުގައި ބޮޑެތި ބައެއް މައްސަލަތައް ބެއްލެވި ފަނޑިޔާރެވެ.