ޖޯޖިއާގެ ޓީޗަރަކު ދަރިވަރަކަށް ދިން ހަދިޔާ އަކީ ކިޑްނީ
ޖޯޖިއާގެ ޓީޗަރަކު ދަރިވަރަކަށް ދިން ހަދިޔާ އަކީ ކިޑްނީ

ދަރިވަރަކަށް ޓީޗަރެއްގެ ފަރާތުން މިއަށްވުރެ ބޮޑު ހަދިޔާއެއް ލިބޭނެހެން ހިއެއް ނުވެ އެވެ. ގްރޭޑް ހައެއްގައި އުޅޭ 12 އަހަރުގެ ދަރިވަރަކަށް އޭނާގެ ޓީޗަރު ހަދިޔާކުރީ ކިޑްނީ އެވެ.

ޖޯޖިއާގެ ގްރޭސް ކްރިސްޓިއަން އެކަޑަމީގެ ޓެކްނޮލޮޖީ ޓީޗަރެއް ކަމަށްވާ ވިލިއަން ވިލްކިންސަން އޭނާގެ ދަރިވަރު ކާޑެން ކޯބްކޭ އަށް ކިޑްނީ ހަދިޔާކުރީ އެ ކުއްޖާގެ ބައްޕަގެ ކިޑްނީ ލައްވައިގެން އެ ކިޑްނީ މަސައްކަތް ނުކުރުމުންނެވެ. އެއީ ކުއްޖާގެ އުމުރުން ފަސް އަހަރުގަ އެވެ.

"ބައްޕަގެ ކިޑްނީ ލެއްވުމަށް ފަހު ލިބުނީ ހިތާމަވެރި ޚަބަރެއް. ޓްރާންސްޕްލާންޓްކުރިތާ އެންމެ ފަސް ދުވަސް ފަހުން ޖެހުނީ އެ ކިޑްނީ ނަގަން،" އުމުރުން އެންމެ ދެ އަހަރުގައި ކިޑްނީގެ މައްސަލަ ދިމާވި ކާޑެންއާ ހަވާލާދީ ފޮކްސް 5 އިން ބުންޏެވެ.

މި ދަރިވަރަށް ދިމާވި ހިތާމަވެރި ގޮތުން، ނާއުންމީދު ވެފައި ތިބި އާއިލާ ކިޑްނީއެއް ހޯދަން ދެން މަސައްކަތް ފެށީ ފޭސްބުކް ޕޭޖެއް ހަދައިގެންނެވެ. އެ ޕޭޖްގައި ބުނެފައިވާ ގޮތުގައި، ދިމާވެފައި ސިއްހީ ހާއްސަ ހާލަތަކާ ހެދި، ދިރިހުރި މީހެއްގެ ކިޑްނީ ނޫނީ މި ކުއްޖާ އަށް ބޭނުމެއް ނުކުރެވެ އެވެ.

އާއިލާއިން ބުނި ގޮތުގައި ދަރިވަރުގެ ޓީޗަރު ކިޑްނީ ހަދިޔާކުރަން ނިންމުމުން އެކަން ގަބޫލުކުރަން ވެސް ދަތިވި އެވެ. ކިޑްނީއެއް ނުލިބުނު ނަމަ އަދިވެސް އުޅެން ޖެހޭނީ ޑަޔަލިސިސް ހެދުމުގައި ކަމަށާއި އެކަމަކު މިހާރު ދަރިފުޅަކީ އެހެން ކުދިންނެކޭ އެއްގޮތަށް ހަމަ އާދައިގެ ކުއްޖެއް ކަމަށް މަންމަ ބުނެފައިވެ އެވެ.