15 އޯގަސްޓް 2018 - 12:18

ޖިއްދާ (އޮގަސްޓް 15) - މި އަހަރުގެ ހައްޖުގެ އަޅުކަމަށް މިހާތަނަށް 1.48 މިލިއަން މީހުން ސައުދީ އަށް ހިނގައްޖެ ކަމަށް ޑައިރެކްޓަރޭޓް ޖެނެރަލް ފޯ ޕާސްޕޯޓުން ހާމަކޮށްފި އެވެ.

މިދިޔަ ހޯމަ ދުވަހުގެ ނިޔަލަށް މަދީނާ އަށް ވަނީ 797،794 މީހުން މަދީނާ އަށް ޒިޔާރަތްކޮށްފައިވާ ކަމަށް މަދީނާގެ ހައްޖު ކޮމިޓީގެ މީޑިއާ އެންޑް ސޯޝަލް ކޮމިއުނިކޭޝަން ޔުނިޓުން ވަނީ ބުނެފަ އެވެ.

ސައުދީ ހައްޖު އެންޑް އުމްރާ މިނިސްޓްރީން މިހާރު ވަނީ ހައްޖުވެރިން ހޭލުންތެރި ކުރުވުމުގެ ގޮތުން މެސެޖްތަކެއް އާއްމު ކުރަން ފަށައިފަ އެވެ. އެ މެސެޖްތައް ދަނީ އަރަބި، އިނގިރޭސި، ފްރާންސް، ރަޝިޔާ، ޗައިނާ އަދި ޕާސިއަން ބަހުން ފޯރުކޮށްދެމުންނެވެ.

ސައުދީ ހެލްތު މިނިސްޓްރީން ވަނީ ސިއްހީ މައްސަލަތަކާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ޚާއްސަ ވެބްސައިޓެއް ލޯންޗް ކޮށްފަ އެވެ.

ހައްޖުގެ އަޅުކަމުގެ ތެރޭގައި ސަލާމަތީ ފިޔަވަޅުތައް ބެލެހެއްޓުމުގެ ގޮތުން ސައުދީ ސިފައިން މިހާރު ވަނީ އަސްކަރީ ތަމްރީނުތަކެއް ވެސް ބާއްވައިފަ އެވެ.

