ތިލަފުށީ އިންޑަސްޓްރިއަލް ޒޯނުން ކުއްޔަށް ދޭ 11 ބިމަށް 50 ބިޑް ހުށަހަޅައިފި
ތިލަފުށީ އިންޑަސްޓްރިއަލް ޒޯނުން ކުއްޔަށް ދޭ 11 ބިމަށް 50 ބިޑް ހުށަހަޅައިފި

ތިލަފުށީ އިންޑަސްޓްރިއަލް ޒޯނުން ކުއްޔަށްދޭ 11 ބިމަށް 33 ފަރާތަކުން 50 ބިޑް ހުށަހަޅައިފި އެވެ.

ތިލަފުށި ބަލަހައްޓައި ކުންފުނި، ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް (ޖީއެމްއައިޒެޑްއެލް)ގެ އޮފިޝަލަކު މިއަދު ވިދާޅުވީ މިދިޔަ ޖުލައި 25 ގައި ކުރި އިއުލާނާ ގުޅިގެން ތިލަފުށިން ބިން ހޯދަން އެދި ހުށަހެޅި ބިޑްތައް އިވެލުއޭޓްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އެ ބިންތައް ލިބޭ ފަރާތްތައް ވަރަށް އަވަހަށް ކަނޑައަޅާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ތިލަފުށިން ބިން ދޫކުރަން މިދިޔަ ޖުލައި 12 ގައި ވެސް އިއުލާންކުރި އެވެ. އަދި ފަހުން ބިޑް ހުށަހަޅަން އިއުލާންކުރީ އެ ފަހަރު ކުރި އިއުލާން ކެންސަލްކުރުމަށް ފަހު އެވެ.

ތިލަފުށިން ބިން ހޯދަން ބިޑް ހުށަހެޅުން އޮތީ މިދިޔަ އޮގަސްޓް 16 ވަނަ ދުވަހު ޗަމްޕާ ސެންޓްރަލް ހޮޓަލުގަ އެވެ.

ގުދަންކުރުމަށާއި ސިނާއީ މަސައްކަތްތަކަށް މިދިޔަ މެއި މަހު ވެސް އެ ރަށުން ބިން ދޫކުރަން އިއުލާންކުރި އެވެ. ނަމަވެސް އެ އިއުލާނުގެ ފަހުން ވަނީ ބާތިލްކޮށްފަ އެވެ.