14 އޯގަސްޓް 2018 - 18:44

ރޯމް (އޮގަސްޓް 14) - އިޓަލީގެ ޖެނޯއާ ސިޓީގެ މޮޓޯވޭ ބްރިޖެއް ވެއްޓި 11 މީހުން މިއަދު މަރުވެއްޖެ އެވެ.

ސަސްޕެންޝަން ބްރިޖް ހަރުކުރަން ޖަހާފައިވާ ޓަވަރުތަކުން ޓަވަރެއް ވެއްޓިފައިވާ މަންޒަރު ވީޑިއޯތަކުން ފެނެ އެވެ. ފުލުހުން ލަފާ ކުރަނީ މޫސުން ގޯސްވެ ވައިގަދަވުމުގެ ސަބަބުން އެ ޓަވަރު ވެއްޓުނީ ކަމަށެވެ.
ބްރިޖުގެ މެދުން ބައެއް ވެއްޓިފައި ވަނީ ރޭލްވޭ ޓްރެކެއްގެ މައްޗަށެވެ. ބްރިޖާ އެކު ވަނީ ބައެއް ކާރާއި ޓްރަކް ވެސް ވެއްޓިފަ އެވެ. މަންޒަރު ދުށް މީހުން ބުނި ގޮތުގައި ބްރިޖުން ބައެއް ވެއްޓުނު އިރު ޓްރެފިކުގެ ބޮޑު ކިޔޫއެއް ބްރިޖް މަތީގައި އޮތެވެ.
ވެއްޓުނު ބްރިޖަކީ 1960 ގެ އަހަރުތަކުގައި ހަދާފައިވާ ބްރިޖެއް ކަމަށްވެ އެވެ.