ނަގޫރޯޅިއެއް އަރައި ބަނޑިދޫއަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ
ނަގޫރޯޅިއެއް އަރައި ބަނޑިދޫއަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ

ދ. ބަނޑިދޫއަށް މިއަދު ނަގޫރޯޅިއެއް އަރައި ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ.

ނަގޫރޯޅިއެއް އަރައި ބަނޑިދޫއަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ
ނަގޫރޯޅިއެއް އަރައި ބަނޑިދޫއަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ

އެ ރަށު ކައުންސިލުން ބުނީ ސްކޫލުގެ ބޮޑު ހޯލާއި ދެ ގެއަކާއި ކެފޭއެއްގެ ފުރާޅު އެއްލާލައި ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ. އެތަނުން ބުނީ، ފުރާޅު އެއްލައިލި ގެއެއްގެ ތިން ކޮޓަރިއަކަށް، ބޭނުން ނުކުރެވޭ ވަރަށް ގެއްލުން ވެފައިވާ ކަމަށެވެ.

ނަގޫރޯޅިއެއް އަރައި ބަނޑިދޫއަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ
ނަގޫރޯޅިއެއް އަރައި ބަނޑިދޫއަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ

ނަގޫރޯޅި އެރުމުގެ ސަބަބުން ހިނގި ހާދިސާތަކުގައި މީހަކަށް ގެއްލުމެއް ނުލިބެ އެވެ.

"އެއް ގެއެއްގެ ދެ ކޮޓަރި، އަނެއް ގޭގެ އެއް ކޮޓަރީގެ ފުރާޅު އެއްކޮށް އެއްލާލައި ސީލިންގު ވެސް ނެއްޓި ގެއްލުން ލިބިފައި ވަނީ. ކޮޓަރީގައި ހުރި ސާމާނުތަކާއެކު ކޮޓަރި ވެސް ބޭނުން ނުކުރެވޭ ވަރު ވެފައިވޭ،" ރަށު ކައުންސިލުން ވާހަކަދެއްކެވި ބޭފުޅަކު ވިދާޅުވި އެވެ.

އާބާދީ 981 އަށް ވުރެ ގިނަ ބަނޑިދޫން މި ހާދިސާގައި ވަނީ ބައެއް ރުއްގަސް ވެއްޓިފަ އެވެ.

ކައުންސިލުން މިހާރު އަންނަނީ ލިބިފައި ހުރި ގެއްލުންތައް ބަލައި ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރު (އެންޑީއެމްސީ) އާ ހިއްސާކުރަމުންނެވެ.