ޓެކްސީ ބޯޑަށް ނަގާ 50،000 ރުފިޔާ އުވާލާނަން: އިބޫ
ޓެކްސީ ބޯޑަށް ނަގާ 50،000 ރުފިޔާ އުވާލާނަން: އިބޫ

ޓެކްސީ ކުރުމުގެ ހުއްދަ ހޯދުމަށްޓަކައި ދައްކަން ޖެހޭ 50،000 ރުފިޔާގެ ފީ، އިދިކޮޅު ކޯލިޝަންގެ ސަރުކާރެއްގައި އުވާލާނެ ކަމަށް އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާޙިމް މުހައްމަދު ސޯލިހް(އިބޫ) މިރޭ ވިދާޅުވެއްޖެ އެވެ.

ޓެކްސީ ބޯޑަށް ނަގާ 50،000 ރުފިޔާ އުވާލާނަން: އިބޫ
ޓެކްސީ ބޯޑަށް ނަގާ 50،000 ރުފިޔާ އުވާލާނަން: އިބޫ

ހދ. އަތޮޅުގައި އެންމެ އާބާދީ ބޮޑު ރަށް އަދި އެމްޑީޕީ އަށް ބޮޑު ތާއީދެއް އޮންނަ ކުޅުދުއްފުށީގައި އިދިކޮޅު ކޯލިޝަނުން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ، ޓެކްސީ ޑްރައިވަރުންނަށް ކުރިމަތިވާ ދަތިތައް އޭނާގެ ވެރިކަމެއްގައި ހައްލު ކޮށްދެއްވާނެ ކަމަށެވެ. އެގޮތުން، ޓެކްސީ ބޯޑު ގަތުމަށް މިހާރު ދައްކަން ޖެހޭ ބޮޑު ފީ އުވާލައްވާނެ ކަމަށް ވިދާޅުވި އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން 2016 ވަނަ އަހަރު އަމަލުކުރަމުންދާ އުސޫލުގައި ވާ ގޮތުން، އަލަށް ޓެކްސީ ކުރުމަށް ބޭނުންވާ މީހަކު 50،000ރ. ގެ ލައިސަންސް ފީއެއް ދައްކަން ޖެހެ އެވެ.

އެ އުސޫލުގައިވާ ގޮތުން، ލައިސަންސް ދޫކުރަނީ ފަސް އަހަރު ދުވަހުގެ މުއްދަތަކަށެވެ. އަދި ފަސް އަހަރު ފަހުން ލައިސަންސް އާ ކޮށްދެނީ 5،000ރ. ގެ ފީއެއް ނެގުމަށް ފަހު ކަމަށް ވެސް ގަވައިދުގައި ވެ އެވެ.

އަންނަ މަހުގެ 23 ގައި ބާއްވާ މި އަހަރުގެ ރިޔާސީ އިންތިޚާބުގައި އިދިކޮޅު ކޯލިޝަނުން ވާދަކުރައްވާ ކެންޑިޑޭޓް އިބޫ ވަނީ ދޯނި ފަހަރުން ނަގާ އަހަރީ ފީ ވެސް އޭނާގެ ވެރިކަމެއްގައި ކުޑަކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. އެކަމަކު، އޭގެ ފަހުން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވަނީ ކުދި ދޯނިފަހަރުތަކުން ނަގާ ފީ އުވާލައިފަ އެވެ.