20 އޯގަސްޓް 2018 - 10:13

ރިޔާޒް (އޮގަސްޓް 20) - ވޭތުވެދިޔަ 25 އަހަރު ތެރޭ ގާތްގަނޑަކަށް 54 މިލިއަން މީހުންނަށް ޚިދުމަތް ދީފައިވާ ކަމަށް ސައުދީ އަރަބިއާގެ ޖެނެރަލް އޮތޯރިޓީ ފޯ ސްޓެޓިސްޓިކްސް އިން ބުނެފި އެވެ.
ވޭތުވެދިޔަ 25 އަހަރަށް ބަލާ އިރު އެންމެ މަދުން މީހުން ހައްޖަށް ދިޔަ އަހަރެއް ކަމަށްވާ ރެކޯޑްތަކުން ދައްކަނީ 1995 ވަނަ އަހަރު އެވެ. އެ އަހަރު ހައްޖުވެފައި ވަނީ 1.78 މިލިއަން މީހުންނެވެ. އެންމެ ގިނަ މީހުން ހައްޖުވެފައި ވަނީ 2012 ވަނަ އަހަރުގެ ހައްޖު މޫސުމުގަ އެވެ. އެ އަހަރު ވަނީ 3.1 މިލިއަން މީހުން ހައްޖުވެފަ އެވެ. ވޭތުވެދިޔަ 10 އަހަރު ވަނީ 23.8 މިލިއަން މީހުން ހައްޖުވެފަ އެވެ.
ޖެނެރަލް އޮތޯރިޓީގެ ތަރުޖަމާން ތައިސީރު އަލް މަފައްރަޖް ވިދާޅުވީ ހައްޖުވެރިންގެ ހިސާބު ބަލަހައްޓަން ފަށާފައި ވަނީ ހިޖުރައިން 1390 ވަނަ އަހަރުން ފެށިގެންނެވެ. އޭނާ ވިދާޅުވީ ހައްޖުގެ ތަފާސް ހިސާބް ޕްރޮގްރާމަކީ ހައްޖުވެރިންނަށް ދޭ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރަން މުހިންމު ކަމެއް ކަމަށެވެ.
މި އަހަރުގެ ހައްޖުގެ އަޅުކަމުގައި ވެސް ދެ މިލިއަނަށް ވުރެ ގިނަ މީހުން ބައިވެރިވާ ކަމަށް ސައުދީގެ ހައްޖު މިނިސްޓްރީން ބުނެފައިވެ އެވެ.