ލިލީ އިންޓަނޭޝަނަލް އިން ކަވާން ޕްރޮމޯޝަނުގެ ނަސީބުވެރިޔާ ހޮވައިފި
ލިލީ އިންޓަނޭޝަނަލް އިން ކަވާން ޕްރޮމޯޝަނުގެ ނަސީބުވެރިޔާ ހޮވައިފި

ލިލީ އިންޓަނޭޝަނަލް އިން ކުރިޔަށް ގެންދިޔަ "ކަވާން" ޕްރޮމޯޝަނުގެ ނަސީބުވެރިޔާ ހޮވައިފި އެވެ.

އެ ކުންފުނިން މިދިޔަ މަހުގެ 30ގެ ނިޔަލަށް ކުރިޔަށް ގެންދިޔަ އެ ޕްރޮމޯޝަންގައި، "ކަވާން"ގެ އުފެއްދުންތައް ގަތުމުން ނަސީބުވެރިއަކަށް ހޮވުނު ފަރާތަށް ހަ މަސްވަންދެން ހިލޭ ކަވާންގެ އުފެއްދުންތައް ދޭ ގޮތަށް ހަމަޖައްސާފައިވެ އެވެ.

އެ ޕްރޮމޯޝަންގައި ނަސީބުވެރިޔާ ހޮވާފައި ވަނީ އަމީނީމަގުގައި ހުންނަ ލިލީގެ "ސްޓޮޕް އެންޑް ޝޮޕް" ގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގަ އެވެ. މި ޕްރޮމޯޝަންގެ ނަސީބުވެރިއަކަށް ހޮވުނީ ކޫޕަން ނަމްބަރު 15539 އެވެ.

އެ ކުންފުނިން އެތެރެކޮށް ވިއްކާ މަޝްހޫރު "ކަވާން"ގެ އުފެއްދުންތަކަކީ ރާއްޖޭގެ ގިނަ ބައެއްގެ މެދުގައި މަގުބޫލް އުފެއްދުމެކެވެ. އަދި މިއީ ސާފުތާހިރު އަދި އަތްމަތީ ކާނާ ތައްޔާރުކޮށްލަން ވަރަށް ފަސޭހަ އުފެއްދުމެކެވެ.

"ކަވާން"ގެ އުފެއްދުންތައް މާލޭގެ އެންމެ ބޮޑު ސުޕަމާކެޓްތަކާއެކު ޖުމްލަ 11 ފިހާރައަކުން ލިބެން ހުންނާނެ އެވެ. މިއީ މާކެޓްގައި ލިބެންހުރި އެހެން އުފެއްދުންތަކަށް ވުރެ މީރު އަދި ފަސޭހައިން ތައްޔާރުކޮށްލެވޭ އުފެއްދުމެކެވެ.