އަމީތާބުގެ "ކޫލީ"ގެ އެކްސިޑެންޓަށް 34 އަަހަރު
އަމީތާބުގެ "ކޫލީ"ގެ އެކްސިޑެންޓަށް 34 އަަހަރު

އޮގަސްޓް ދެ ވަނަ ދުވަހަކީ މަޝްހޫރު އެކްޓަރު އަމީތާބު ބައްޗަންގެ ހަނދާނުން ދުވަހަކު ވެސް ފޮހެވޭނެ ދުވަހެއް ނޫނެވެ. އެއީ އަމީތާބު، 73، މަރުގެ އެތިފަހަރަކުން ސަލާމަތްވީ ދުވަހަކަށް ވާތީ އެވެ.

ފިލްމް "ކޫލީ"ގެ މަންޒަރެއް ނަގަނިކޮށް 1982 ވަނަ އަހަރުގެ އޮގަސްޓް ދެ ވަނަ ދުވަހު ހިނގި އެކްސިޑެންޓެއްގައި އަމީތާބުގެ ބަނޑަށް ދަގަނޑު މޭޒެއް ވަދެ ލިބުނު ބޮޑު އަނިޔާގެ ސަބަބުން ޑޮކްޓަރުން އުންމީދު ކަނޑާލާ ހިސާބަށް ވެސް އޭނާގެ ހާލަތު ދިޔަ އެވެ.

އަމީތާބުގެ ފޭނުން މި ދުވަހުގެ ހަނދާން އާކުރަނީ އޭނާގެ "ދެ ވަނަ އުފަން ދުވަސް" ގެ ގޮތުގަ އެވެ.

އަމީތާބު ވަނީ އޭނާއަށް މި ދުވަހުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުވި އެތައް ހާސް ބަޔަކަށް ޝުކުރު އަދާކޮށްފަ އެވެ.

"ބައެއް އަހަރުތަކަކީ އެއްގޮތަކަށް ވެސް ހަނދާންކުރަން ބޭނުންވާ އަހަރުތަކެއް ނޫން. އަހަންނަށްޓަކައި ހެޔޮ ދުއާކުރި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރަން،" އަމީތާބު ކުރި ޓުވީޓެއްގައި ބުނެފައިވެ އެވެ.
އަމީތާބުގެ އަސްލު އުފަން ދުވަހަކީ އޮކްޓޯބަރު 11 އެވެ.

އަމީތާބުގެ ދަރިފުޅު އަބީޝެކް ބައްޗަން ވެސް ވަނީ ބައްޕައަށް ތަހުނިޔާ ކިޔައި މެސެޖެއް އިންސްޓަގްރާމް ކޮށްފަ އެވެ.

ކުޑައިރު "ކޫލީ"ގެ އެ މަންޒަރު އަހަރެން ކުޅުނީ ކިތައް ފަހަރަކު ކަމެއް ވެސް ހަނދާނެއް ނެތް. އަހަރެން ހަމަ އެގޮތަށް ހުދު ކުލައިގެ ބެޑްޝީޓެއް އަޅައިގެން އެ މަންޒަރު ކުޅެވޭތޯ އޭރު ވަރަށް އުޅުނިން. އަހަރެން އިގްބާލް (ކޫލީގައި އަމީތާބު އަދާކުރި ކެރެކްޓާ) އަށް ވެގެން އެކުވެރިން ލައްވާ ޒަފަރްގެ ރޯލު ކުޅުވައި ޕްލާސްޓިކް ބަޑިއަކުން އަހަރެންގެ ގަޔަށް ބަޑިޖަހުވާ ހަދަން،" އަބީޝެކް ބުނެފައިވެ އެވެ.

"ބައްޕަވަރުގެ ދެ ވަނަ މީހެއް ނެތްކަން އަހަރެން ވަރަށް ޅައިރުގައި ގަބޫލުކޮށްފިން. ބައްޕަ އަށް ދެ ވަނަ އުފަން ދުވަހުގެ ތަހުނިޔާ ކިޔަން. އަހަރެންގެ ހުރިހާވެސް ހިތްވަރަކީ ބައްޕަ."