ޓައިވާނުގެ ހޮސްޕިޓަލެއްގައި އަލިފާން ރޯވެ ނުވަ މީހުން މަރުވެއްޖެ
ޓައިވާނުގެ ހޮސްޕިޓަލެއްގައި އަލިފާން ރޯވެ ނުވަ މީހުން މަރުވެއްޖެ

ޓައިޕެއި (އޮގަސްޓް 13) - ޓައިވާނުގެ ހޮސްޕިޓަލެއްގައި އަލިފާން ރޯވެ ނުވަ މީހުން މަރުވެފައިވާ ކަމަށް އެ ގައުމުގެ ރަސްމީ މީޑިއާ އިން ބުނެފި އެވެ.

ޓައިވާނުގެ ހޮސްޕިޓަލެއްގައި އަލިފާން ރޯވެ ނުވަ މީހުން މަރުވެއްޖެ
ޓައިވާނުގެ ހޮސްޕިޓަލެއްގައި އަލިފާން ރޯވެ ނުވަ މީހުން މަރުވެއްޖެ

އަލިފާން ރޯވެފައި ވަނީ ނިއު ޓައިޕެއި ސިޓީގެ ވެއިފިއު ހޮސްޕިޓަލްގެ ހަތް ވަނަ ބުރީގެ ވޯޑެއްގަ އެވެ. އަލިފާނުގެ ހާދިސާ އަށް ފަހު 16 މީހެއްގެ ހާލު ސީރިއަސް ކަމަށްވެ އެވެ. އޭގެ ތެރޭގައި ބަލި މީހުންނާއި ހޮސްޕިޓަލްގެ ސްޓާފުން ވެސް ހިމެނެ އެވެ.

އަލިފާން ރޯވި ސަބަބެއް އަދި ނޭނގެ އެވެ. ނަމަވެސް ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި އެއީ އެއް ތަނުން އަނެއް ތަނަށް ގެންދާ އެނދެއްގައި ކަރަންޓުގެ ޝޯޓަކުން ރޯވި އަލިފާނެކެވެ.

ބައެއް ނޫސްތަކުން ބުނި ގޮތުގައި 33 ބަލި މީހުންނާއި ހޮސްޕިޓަލްގެ ތިން ސްޓާފުން ވަނީ އަލިފާން ރޯވުމާ އެކު ހޮސްޕިޓަލުން ބޭރަަށް ގެންގޮސްފަ އެވެ. ފުލުހުންނާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނެފައި ވަނީ އަލިފާން ރޯވި ވޯޑުގައި އަލިފާނުން ރައްކާތެރިވާނެ ރަނގަޅު ނިޒާމެއް ގާއިމްކޮށްފައެއް ނުވެ އެވެ.

ޓައިވާނުގެ ހޮސްޕިޓަލެއްގައި 2012 ވަނަ އަހަރު ހިނގި އަލިފާނުގެ ހާދިސާއެއްގައި ވަނީ 12 ބަލި މީހުން މަރުވެ 60 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފަ އެވެ.