އޮޒާރޯ އިން 10 ޕަސެންޓް ޑިސްކައުންޓް ލިބޭ އީދު ސޭލެއް ފަށައިފި
އޮޒާރޯ އިން 10 ޕަސެންޓް ޑިސްކައުންޓް ލިބޭ އީދު ސޭލެއް ފަށައިފި

އޮޒާރޯ އިން ދިހަ ޕަސެންޓް ޑިސްކައުންޓް ލިބޭ އީދު ސޭލެއް ފަށައިފި އެވެ.

އެ ފިހާރައިން ބުނީ މިއަދުން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިޔަށްގެންދާ ސޭލްގައި ދިހަ ޕަސެންޓް ޑިސްކައުންޓްގެ އިތުރުން ހާއްސަ އޮފާ ލިބޭ އައިޓަމްތައް ވެސް ހުންނާނެ ކަމަށެވެ.

އޮޒާރޯ އިން ބުނީ އެ ފިހާރަށް 12 އަހަރު ފުރޭ އަހަރީ ދުވަހާ ދިމާކޮށް، އަންނަ ބުދަ ދުވަހު ކަސްޓަމަރުންނަށް ސަޕްރައިޒް ހަދިޔާ ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެ ފިހާރައިން ލިބެންހުރި ފަރުނީޗަރުތަކުގެ ތެރޭގައި ބެޑްރޫމް ސެޓާއި ޑައިނިން ރޫމް ސެޓާއި ލިވިން ރޫމް ސެޓް އަދި ކުޑަކުދިންގެ ފަރުނީޗަރު ވެސް ހިމެނެ އެވެ. އެނޫން ވެސް ގޭތެރެއަށް ބޭނުން ތަކެތި އޮޒާރޯ އިން ލިބެންހުރެ އެވެ.

އެކި ވައްތަރުގެ ފަރުނީޗަރު ވިއްކާ ފިހާރައިން ބުނީ ކުޑަކުދިންގެ ފަރުނީޗަރަކީ ވަރަށް ކޮލިޓީ ރަނގަޅު އަދި ޖާގަ ކުޑަ ތަންތަނަށް ހާއްސަކޮށްގެން، ގިނަ ބޭނުންތައް ކުރެވޭ ގޮތަށް އުފައްދާފައިވާ ތަކެތި ކަމަށެވެ. އޭގެ އިތުރުން ފެންވަރު ރަނގަޅު އެކި ވައްތަރުގެ ގޮދަޑި ވެސް އެތަނުން ވިއްކަ އެވެ. އެގޮތުން ސްޕްރިން އާއި ނޯމަލް ފޯމް އަދި ޖެލް މެމަރީ ފޯމް އަދި ހޮޓާތަކަށް ހާއްސަ ގޮދަޑި ވެސް އޮޒާރޯ އިން ލިބެން ހުރެ އެވެ.

އެ ފިހާރައިން ބުނީ އޮޒާރޯގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް ތަކެތި ގަންނަ ފަރާތްތަކަށް މާލެ އަދި ހުޅުމާލެއަށް ގެންގޮސްދިނުމުގެ އިތުރުން ރަށްރަށަށް ދަތުރުކުރާ ފެރީ އަދި ދޯނިފަހަރާ ހަމަޔަށް ވެސް ހިލޭ ގެންގޮސްދޭނެ ކަމަށެވެ.