ވޯޓުލާ ދުވަހު ސަރުކާރު ބަންދު
ވޯޓުލާ ދުވަހު ސަރުކާރު ބަންދު

އަންނަ މަހުގެ 23 ވާ އާދިއްތަ ދުވަހު، މި އަހަރުގެ ރިޔާސީ އިންތިޚާބުގެ ވޯޓު ލުން ކުރިއަށް ގެންދާތީ، އެއީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް އަބްދުﷲ ޔާމީން މިއަދު ނިންމަވައިފި އެވެ.

ރައީސް ނިންމަވާފައިވާ ގޮތުން، ރިޔާސީ އިންތިޚާބުގެ ވޯޓަށް ފަހު ދެން ސަރުކާރު ހުޅުވޭނީ ސެޕްޓެމްބަރު 24 ވާ ހޯމަ ދުވަހު އެވެ.

ރިޔާސީ އިންތިޚާބުގެ ވޯޓުލާ ދުވަހަކީ ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައި ދިނުމަށް އެދި ގާނޫނީ ވަކީލް ހުސްނުއްސުއޫދު ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހެޅުއްވި އެވެ. އެކަމަކު، އެ މައްސަލަ އެ ކޯޓުން ބަލައިގަނެ ވަނީ ބޭރުކޮށްލައިފަ އެވެ.

ރާއްޖޭގައި، ރިޔާސީ އިންތިޚާބާއި އާންމު އިންތިޚާބު އަދި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު އާންމުކޮށް މިހާތަނަށް ބާއްވަމުން އައީ ހަފުތާ ބަންދު ތެރޭގަ އެވެ. މިއީ ހަފުތާ ބަންދު ފިޔަވައި އެހެން ދުވަހެއްގައި މިފަދަ އިންތިޚާބެއް ބާއްވާ ފުރަތަމަ ފަހަރެވެ.