12 އޯގަސްޓް 2018 - 14:08

ޖަކާޓާ (އޮގަސްޓް 12) - ވެއްޓުނު އިންޑޮނީޝިއާގެ ބޯޓުން ސަލާމަތްވެފައި ވަނީ 12 އަހަރުގެ ކުއްޖެއް އެކަނި ކަމަށް އޮފިޝަލުން ބުނެފި އެވެ.

ޕަޕުއާ ނިއު ގިލީގެ ބޯޑަރު ކައިރީ ފަރުބަދަ މަތީ ހިސާބަކަށް ވެއްޓުނު ބޯޓުން ވަނީ އަށް މީހުން މަރުވެފަ އެވެ. ނަމަވެސް ބޯޓުގެ ވެއްޓިފައިވާ ބައިތަކުގެ ކައިރީގައި ދިރިއޮތް ކުއްޖާގެ ފޮޓޯތައް މިއަދު ވަނީ އާއްމުކޮށްފަ އެވެ.
ސްވިޒަލެންޑުގައި އުފައްދާފައިވާ ޕިލާޓަސް މަރުކާގެ ބޯޓާ އެއާ ޓްރެފިކް ކޮންޓްރޯލްއާ ގުޅުން ކެނޑުނީ އޮކްސިބިލް އެއާޕޯޓަށް އިއްޔެ މެންދުރު ފަހު ޖައްސަން ކުޑަ އިރުކޮޅަކަށްވެފައި ވަނިކޮށެވެ. ޕްރައިވެޓް ޗާޓަރު ކުންފުންޏެއް ކަމަށްވާ ޑިމޮނިމް އެއާގެ ބޯޓު ދަތުރު ކުރީ ޓަނާހު މެރާ އިން ޕަޕުއާގެ އޮކްސިބިލް ޕްރޮވިންސަށެވެ. އެ ދަތުރުގެ ދިގު މިނަކީ 40 މިނިޓެވެ.
ދެ ކްރޫންނާ އެކު ބޯޓުން ނުވަ މީހުން ދަތުރުކުރި އެވެ. އޮފިޝަލުން ބުނީ ބޯޓު ވެއްޓުނު ހާދިސާ ތަހްގީގު ކުރާނެ ކަމަށެވެ.