ކޮންމެ މީހަކަށް ވެސް ސެލީސް
ކޮންމެ މީހަކަށް ވެސް ސެލީސް

ސެލީސް އުފެދުނީ 1930 ގެ އަހަރުތަކުގެ ތެރޭގަ އެވެ. ދެވަނަ ބޮޑު ހަނގުރާމަ ފެށުމުގެ ކުޑަ ދުވަސްކޮޅެއް ކުރިން މާޓިން ސެލީސް އޭނާގެ އުފަން ގައުމު، ޖަރުމަނު ދޫކޮށް އޮސްޓްރޭލިއާއަށް ދިޔައީ ހަމަ އެކަނި 100 ޕައުންޑާއި (މިހާރު މުޅި ދުނިޔެއަށް މަޝްހޫރު) ސެލީސް ސިލިކޮން ގެ ފޯމިއުލާ ހިފައިގެން އެވެ. އެއަށް ފަހު އޭނާ ކުރި މަސައްކަތުން 1939 ވަނަ އަހަރު ސެލީސް ކެމިކަލްގެ ނަމުގައި ކުންފުންޏެއް އުފައްދައި، ދުނިޔޭގެ ބާޒާރަށް މި ބްރޭންޑް ނެރުނެވެ. އޭގެ ފަހުން ސެލީސް ވެގެން ދިޔައީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވެސް މަޝްހޫރު އަދި މަސައްކަތްތެރިންގެ އިތުބާރު ލިބިގެން ދިޔަ މޮޅު ބްރޭންޑަކަށެވެ.

ސެލީސްގެ އުފެއްދުންތަކުގެ ތެރޭގައި ތެރަހާއި ސިލިކޯނު، ގޭތެރޭ އެކި ކަންކަމަށް ބޭނުންވާ ސާމަނު، ސާފުކުރާ ކެމިކަލާއި ކުރަފި، މިދާ ފަދަ ސޫސާސޫފި މެރުމަށް ހާއްސަ އުފެއްދުން ވެސް ހިމެނެ އެވެ.

ސެލީސްގެ ތެރަހާއި ސިލިކޯނަކީ ބޭނުންކުރަން ފަސޭހަ، ބާރުގަދަ އުފެއްދުންތަކެކެވެ. އެންމެ އާދައިގެ މަސައްކަތްތަކުން ފެށިގެން ބޮޑެތި އިންޑަސްޓްރިއަލް މަސައްކަތްތަކަށް ބޭނުން ހިފޭނެ ތަފާތު އެތައް ތެރަހަކާއި ސިލިކޯނެއް ސެލީސްގެ މި އުފެއްދުންތަކުގެ ތެރޭގައި ހިމެނެ އެވެ. ފާހަގަ ކުރެވޭ ބައެއް އުފެއްދުންތަކުގެ ތެރޭގައި މޮހޮރުހާ ބާރުގަދަ ސިލިކޯނު، ވަގުތުން ފެންމަނާ ކޮށްދޭ ސިލިކޯނު، އަޅާލުމަށް ފަހު ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ކުލަ/ ދަވާދު ލެވޭ ދަވާދު ސިލިކޯނު އަދި ސިލިކޯނު ބަޑިއަކާ ނުލާ ބޭނުން ކުރެވޭ "އީޒީ ޕްރެސް" ސިލިކޯން ހިމެނެ އެވެ.

"ސެލީސް ހޯމް ރޭންޖް" ގެ އުފެއްދުންތަކަކީ ކޮންމެ މީހަކަށް ވެސް ބޭނުންކުރަން ފަސޭހަ ވާނެހެން ތައްޔާރުކޮށްފައިވާ އުފެއްދުންތަކެކެވެ. ގޭތެރޭ ތަފާތު އެކި ކަންކަމަށް ބޭނުންވާނެ ގިނަ އުފެއްދުންތަކެއް މި ސީރީސްގައި ހިމެނެ އެވެ. އަދި މިއިން ކޮންމެ އުފެއްދުމަކީ ވެސް ތިމާވެއްޓާ ރައްޓެހި، ހަމަ އެހެންމެ ބޭނުން ކުރުމުން ނުބައި ވަސް ނުދުވާ ޕްރޮޑަކްޓްތަކެކެވެ.

"ސެލީސް ހޯމް ރޭންޖް"ގެ އުފެއްދުންތަކުގެ ތެރެއިން "އީޒީ ޕްރެސް" ސިލިކޯން އަކީ ގޭތެރޭގެ މަސައްކަތް ހަލުވިކޮށްދޭ ގާތް އެކުވެރިއެވެ. ބަޑިއަކާ ނުލައި ފަސޭހައިން ބޭނުންކޮށްލެވުމާއި، ތެރަހުގެ ވަރުގަދަކަމުގެ ސަބަބުން މި ސިލިކޯން އަށް އާއްމުންގެ ވަރަށް ބޮޑު ތަރުހީބެއް ވަނީ ލިބިފަ އެވެ. މީގެ އިތުރުން ވެސް ސާފު ކުރުމަށް ބޭނުން ކުރާ ސެލީސް "ޝުގަ ސޯޕް"، ގޭތެރެއާއި ފަހާނާގެ މުށިތައް ސާފުކުރުމަށް ހާއްސަ އުފެއްދުންތަކާއި، އަވަން އަދި ލެދާ ސާފުކުރުމަށް ހާއްސަ އުފެއްދުންތަކަކީ ވެސް ފާހަގަކޮށްލެވޭ އުފެއްދުންތަކެވެ.

ހިނި، ކުރަފި، މީދާ ފަދަ ކުދި ދިރޭ އެއްޗެހިން އުނދަގުވޭ ހެއްޔެެވެ؟ ޓެލޯން އަކީ ސެލީސްގެ މިފަދަ ކަންކަމަށް ބޭނުން ކުރާ އުފެއްދުންތަކަށް ހާއްސަ ބްރޭންޑެވެ. ޓެލޯންގެ މި އުފެއްދުންތަކަކީ އާންމުކޮށް ބޭނުން ކުރާ މިފަދަ އެހެން އުފެއްދުންތަކާ އަޅާބަލާއިރު ވަސްމަޑު، ޖާގަ ކުދި ތަންތަނުގައި ވެސް ބޭނުން ކުރެވޭނެ ގޮތައް ތައްޔާރުކޮށްފައިވާ އުފެއްދުންތަކެކެވެ.

މީދާ މެރުމަށް ބޭނުންކުރާ "ޓެލޯން އީޒީ ތްރޯ" އާއި "ޓެލޯން ޕެލެޓް ޓްރޭސް" އާއި ހިނި މަރާ "އެންޓް ކިލާ ޖެލް" އަކީ ގޭތެރެ އާއި ބޭރުގައި ވެސް ބޭނުންކުރެވޭ އިތުބާރުހުރި އުފެއްދުންތަކެވެ.

ސެލީސް ބްރޭންޑުގެ ހުރިހާ އުފެއްދުންތަކަކީ މިހާރު ވެސް ވެލިގާ ހާޑްވެއާ އިން ލިބެންހުރި އާންމުންގެ މެދުގައި މަގްބޫލުކަން ހޯދާފައިވާ އުފެއްދުންތަކެވެ.