"މާސްޓާ ޝެފް" ބާސްމަތީ ހަނޑުލުގެ ޕްރޮމޯޝަންގައި އުލްހިޔާ ކަތިލަން ބަކަރިއެއް
"މާސްޓާ ޝެފް" ބާސްމަތީ ހަނޑުލުގެ ޕްރޮމޯޝަންގައި އުލްހިޔާ ކަތިލަން ބަކަރިއެއް

އޭޑީކޭ ޖެނެރަލް ޓްރޭޑިން އިން ކުރިޔަށް ގެންދާ "ޝެފް ބާސްމަތީ" ހަނޑުލުގެ ޕްރޮމޯޝަންގައި އުލްހިޔާ ކަތިލަން ބަކަރިއެއް ދޭ ގޮތަށް ހަމަޖައްސައިފި އެވެ.

"މާސްޓާ ޝެފް" ބާސްމަތީ ހަނޑުލުގެ ޕްރޮމޯޝަންގައި އުލްހިޔާ ކަތިލަން ބަކަރިއެއް
"މާސްޓާ ޝެފް" ބާސްމަތީ ހަނޑުލުގެ ޕްރޮމޯޝަންގައި އުލްހިޔާ ކަތިލަން ބަކަރިއެއް

އެ ކުންފުނިން ބުނީ ބޮޑު އީދާ ދިމާކޮށް ފޭސްބުކްގައި ކުރިއަށް ގެންދާ "ލައިކް އެންޑް ޝެއާ" ޕްރޮމޯޝަން މެދުވެރިކޮށް އުލްހިޔާ ކަތިލަން ބަކަރިއެއް ލިބުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އެ ޕްރޮމޯޝަންގައި ބަކަރިއަކާ އެކު "މާސްޓާ ޝެފް" ސުޕާ ކާނަލް ބާސްމަތީ ބްރޭންޑްގެ ފަސް ކިލޯގެ ހަނޑޫ ޕެކެޓެއް ވެސް ދިނުމަށް ހަމަޖެހިފައިވެ އެވެ.

އޭޑީކޭ ޖެނެރަލް ޓްރޭޑިން އިން ބުނީ މިދިޔަ ހޯމަ ދުވަހު ފެށި ޕްރޮމޯޝަން އަންނަ ހޮނިހިރު ދުވަހާ ހަމަޔަށް ކުރިޔަށް ގެންދަން ނިންމާފައިވާ ކަމަށެވެ. އަދި ޕްރޮމޯޝަންގައި ބައިވެރިވާ މީހުންގެ ތެރެއިން ބަކަރި އާއި ޝެފް ބާސްމަތީ ހަނޑުލުގެ ފަސް ކިލޯގެ ޕެކެޓެއް ލިބޭ ފަރާތެއް އަންނަ އާދިއްތަ ދުވަހު އިއުލާންކުރާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އޭޑީކޭ ޖެނެރަލް ޓްރޭޑިން އިން ބުނީ މާސްޓާ ޝެޕް ބްރޭންޑްގެ ހަނޑުލަކީ ދިވެހިންނާ ގުޅޭގޮތަށް ދިވެހިންނަށް ހާއްސަކޮށްގެން އުފައްދާފައިވާ ހަނޑުލެއް ކަމަށެވެ.