09 އޯގަސްޓް 2018 - 13:31

ސައިކަލެއް ކޮންޓްރޯލް ނުވެ ގޮސް، މަޖީދީމަގުގައި ހުންނަ ރެޑްވޭވް ފިހާރައިގެ ބިއްލޫރިގަނޑު ތަޅާލައި، ފިހާރަ ތެރެއަށް ވަދެއްޖެ އެވެ.
މިއަދު މެންދުރު އެ ހާދިސާ ހިނގަން މެދުވެރިވީ ސައިކަލު ޕާކް ކުރަން އުޅެނިކޮށް ކޮންޓްރޯލް ނުކުރެވިގެންނެވެ.
ރެޑްވޭވްގެ އޮފިޝަލަކު ބުނީ ފިހާރަ ތެރެއަށް ވަން ސައިކަލުގައި އިން އަންހެން މީހާގެ އަތް ޒަޚަމްވި ކަމަށް އެނގިފައިވާ ކަމަށެވެ. އެކްސިޑެންޓުވި ސައިކަލު ފިހާރައިގެ ތެރެއަށް ފަސް ވަރަކަށް ފޫޓަށް ވަދެފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
"ފިހާރައިގައި ތިބި ކުދިން އެ މައުލޫމާތު ދިނީމަ އަޅުގަނޑުމެން ދިޔައީ. އެތަނުގައި ތިބި މީހުން ބުނަނީ އެ ކުއްޖާގެ އަތް ކަފައިގެން ގޮސްފައި އޮތް ކަމަށް،" އޮފިޝަލް ވިދާޅުވި އެވެ.
މިކަމާ ބެހޭ ގޮތުން ފުލުހުން އަދި މައުލޫމާތެއް ނުދެ އެވެ.