ޕިޑީލައިޓްގެ ދެ އުފެއްދުން ދަމާސް އިން ވިއްކަނީ
ޕިޑީލައިޓްގެ ދެ އުފެއްދުން ދަމާސް އިން ވިއްކަނީ

އިންޑިޔާގެ މަޝްހޫރު ޕިޑިލައިޓް ކުންފުނީގެ ޑރ. ފިކްސްއިޓް، ފެވިކޯލް އަދި އެމް-ސީލް ކެމިކަލް ރާއްޖޭގައި ފޯރުކޮށްދޭ ކުންފުންޏަކަށް ދަމާސް ހަމަޖައްސައިފި އެވެ.

ޕިޑީލައިޓްގެ ދެ އުފެއްދުން ދަމާސް އިން ވިއްކަނީ
ޕިޑީލައިޓްގެ ދެ އުފެއްދުން ދަމާސް އިން ވިއްކަނީ

ދަމާސް އިން ބުނީ ލަކުޑި އަދި ޕްލައިވުޑް ތައްކުރަން ހާއްސަ ބްރޭންޑް ފެވިކޯލް އަދި އިމާރާތްތަކުން ފެންލީކުވުން ހުއްޓުމަށް ބޭނުން ވާނެ ފުލް ޕްރޮޑަކްޓް ރޭންޖް ހިމެނޭ ޑރ. ފިކްސްއިޓްގެ އުފެއްދުންތައް އެ ކުންފުނިން ވިއްކަން ހަމަޖައްސާފައިވާ ކަމަށެވެ. އެ ދެ އުފެއްދުން ތައާރަފްކުރުމާ ދިމާކޮށް ދަމާސް އިން ވަނީ ޕިޑިލައިޓްގެ އުފެއްދުންތަކާ ބެހޭ މައުލޫމާތު ދިނުމަށް ސެމިނާއެއް ބާއްވައިފަ އެވެ. މި ސެމިނާގައި 35 އަށް ވުރެ ގިނަ ކޮންޓްރެކްޓަރުން ބައިވެރިވި ކަމަށް އެ ކުންފުނިން ބުންޏެވެ.

ދަމާސް އިން ބުނީ މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޕިޑިލައިޓްގެ ޑރ. ފިކްސްއިޓް، ފެވިކޯލް އަދި އެމް-ސީލް ގެ އުފެއްދުންތައް ރާއްޖޭގައި ސަޕްލައި ކޮށްދޭ، އެކްސްކްލޫސިވް ޑިސްޓްރިބިއުޓަރަކަށް ހަމަޖައްސާފައިވާ ކަމަށެވެ.

ދަމާސްގެ ޗީފް އޮޕަރޭޓިން އޮފިސަރު (ސީއޯއޯ) މުހައްމަދު ޝިހާބު ވިދާޅުވީ ޕިޑިލައިޓް ކުންފުނިން އަންނަނީ އެ ކުންފުނީގެ އުފެއްދުންތައް ބޭނުންކުރާ ފަރާތްތަކާ ދެމެދު އޮންނަ އިތުބާރާއި ގުޅުން ވަރުގަދަކުރަން މަސައްކަތްކުރަމުންނެވެ. އަދި ރާއްޖޭގެ މާކެޓަށް ދަމާސްގެ ޑިސްޓްރިބިއުޝަން ނެޓްވޯކުން ފެވިކޯލް އާއި ޑރ. ފިކްސްއިޓް ފޯރުކޮށްދީ، ދިވެހިންގެ މެދުގައި ވެސް ވަރަށް މަގުބޫލް ބްރޭންޑަކަށް ވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޕިޑިލައިޓް ކުންފުނީގެ އިންޓަނޭޝަނަލް އޮޕަރޭޝަން ބިޒްނަސް ހެޑް ވިޝާލް މަލްހާން ވިދާޅުވީ މިއުފެއްދުންތައް ބޭނުންކުރާ މީހުންގެ ތަޖުރިބާއަށް ބެލުމަށްފަހު އުފެއްދުންތައް ފަސޭހަކޮށް ބޭނުންކުރެވޭނެ ގޮތް ހެދުމަށް ވަރަށް ބޮޑަށް އިސްކަންދޭ ކަމަށެވެ.

"އަޅުގަނޑުމެން ދަމާސްއާއެކު ގުޅުން އުފެއްދީ ދިވެހިންނަށް އަޅުގަނޑުމެންގެ އުފެއްދުންތަކުގެ ފަސޭހަކަން ފޯރުކޮށްދިނުމަށް. އަޅުގަނޑުމެންގެ ޑިސްޓްރިބިއުޝަން ޕާޓްނަރާއެކު ދިވެހިން ބޭނުންވާ ގޮތަށް އެ އުފެއްދުންތައް ތައްޔާރުކޮށް ފޯރުކޮށްދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑަށް އުފަލަކަށްވާނެ،" އޭނާ ވިދާޅުވި އެވެ.

އެކުންފުނިން ބުނީ ދަމާސްއާ ގުޅިގެން ފެންވައިރުކުރަން ބޭނުންކުރާ އުފެއްދުންތަކުގެ ހާއްސަ ބްރޭންޑް "އެމް- ސީލް" ވެސް ވަނީ ތައާރަފް ކޮށްފަ އެވެ.