09 އޯގަސްޓް 2018 - 11:23

ލ. އަތޮޅު ފަރެސްގައި ރިސޯޓު ހެދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، ގާ އަޅާ މެޝިނަކަށް ވެއްޓި ބިދޭސީއެއް މިއަދު މަރުވެއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ގާ އަޅާ މެޝިން ތެރެއަށް ވެއްޓި 37 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކު މަރުވެފައިވާ ކަމަށެވެ.
އެ ހާދިސާގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ ހެނދުނު 8:30 ހާއިރެވެ. އޭނާގެ ހަށިގަނޑު އެ އަތޮޅު ގަމަށް ގެންދިއުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވި އެވެ.
ފަރެހުގައި ރިސޯޓު ހަދަމުން އަންނަ ކުންފުންޏެއް އަދި ސާފެއް ނުވެ އެވެ.