ކަރަން ޖޯހަރްގެ ހަ ވަނަ ޑައިރެކްޝަނަކީ "ތަހުތު"
ކަރަން ޖޯހަރްގެ ހަ ވަނަ ޑައިރެކްޝަނަކީ "ތަހުތު"

ކަރަން ޖޯހަރް ފިލްމެއް ޑައިރެކްޓް ކުރަން އުޅޭ ވާހަކަތައް ފެތުރެމުން އަންނަތާ ދުވަސްތަކެއް ފަހުން ފިލްމްގެ ނަމާއި ކާސްޓުން އިއުލާންކޮށްފި އެވެ.

ކަރަން ޖޯހަރްގެ ހަ ވަނަ ޑައިރެކްޝަނަކީ "ތަހުތު"
ކަރަން ޖޯހަރްގެ ހަ ވަނަ ޑައިރެކްޝަނަކީ "ތަހުތު"

ދެހާސް ސޯޅައިގައި ރިލީޒް ކުރި "އޭ ދިލް ހޭ މުޝްކިލް" އަށް ފަހު އޭނާ ޑައިރެކްޓް ކުރާ ފިލްމްގެ ނަމަކީ "ތަހުތު" އެވެ. މިއޯ މުގާލް ޑައިނާސްޓީގެ ޒަމާނަށް ބިނާކޮށްފައިވާ ލޯބީގެ ހާދިސާތަކެއް ދައްކުވައިދޭ ހަނގުރާމައިގެ ފިލްމެކެވެ.

އެހެން ގޮތަކަށް ބުނާ ނަމަ ކަރަންގެ ހަ ވަނަ ޑައިރެކްޝަނަކީ ޕީރިއަޑް ޑްރާމާއެކެވެ.

"ތަހުތު" ކާސްޓުންނަކީ ކަރަން ޑައިރެކްޓް ކުރާ ފިލްމެއްގައި އަލަށް މަސައްކަތް ކުރާ ރަންވީރު ސިންގާއި ޖާންވީ ކަޕޫރާއި އަނިލް ކަޕޫރާއި ބޫމީ ޕެޑްނޭކަރްގެ އިތުރުން މީގެ ކުރިން ވެސް ކަރަން ހެދި ފިލްމްތަކެއް ކުޅެފައިވާ ކަރީނާ ކަޕޫރާއި އާލިއާ ބަޓާއި ވިކީ ކޯޝަލް އެވެ.

ކަރީނާއަކީ ކަރަންގެ އެންމެ ކާމިޔާބު އެއް ފިލްމް ކަމަށްވާ ކަބީ ހުޝީ ކަބީ ޢަމް (2001) ގެ އެއް ބަތަލާ އެވެ. އާލިއާއަކީ ކަރަން 2012 ގައި ގެނެސް ދިން "ސްޓޫޑަންޓް އޮފް ދި އިޔާ" އިން ބޮލީވުޑަށް ތައާރަފު ކުރި ބަތަލާއެކެވެ.

ވިކީއަކީ ނެޓްފްލިކްސް އިން ދާދި ފަހުން ސްޓްރީމް ކުރި އެންތޮލޮޖީ ފިލްމް "ލަސްޓް ސްޓޯރީޒް" ގައި ހިމެނޭ ކަރަންގެ ސެގްމަންޓްގެ ބަތަލެވެ.

އަނިލް މިހާތަނަށް ކަރަން ޑައިރެކްޓް ކުރި ފިލްމެއްގައި މަސައްކަތްކޮށްފައި ނުވާ އިރު ރަންވީރު އަންނަނީ ކަރަން ޕްރޮޑިއުސް ކުރާ "ސިމްބާ" ގެ މަސައްކަތް މިހާރު ކުރަމުންނެވެ. އަދި ޖާންވީއަކީ ކަރަންގެ ފިލްމް ކުންފުނި ދަރްމާ އިން އެންމެ ފަހުން ބެލުންތެރިންނަށް ގެނެސް ދިން ފިލްމް "ދަޅަކް" އިން ތައާރަފު ކުރި ބަތަލާއެކެވެ.

ކަރަން ބުނީ "ތަހުތު" ސިނަމާތަކަށް ގެންނާނީ 2020 ގައި ކަމަށެވެ. އެކަމަކު ސީދާ އަދި ވަކި ތާރީހެއް ހާމައެއް ނުކުރެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން މި ފިލްމްވެގެން ދާނީ އިންޑިއާގައި މިހާތަނަށް ހަދާ އެންމެ ބޮޑު އަގު ބޮޑު އެއް ފިލްމަށެވެ. އަދި "ތަހުތު" ވެގެން ދާނީ "ބާހްބަލީ" އަށް ދޫނުކާ ވަރުގެ ފިލްމަކަށް ކަމަށް ވެސް ނޫސްތަކުން ރިޕޯޓްކޮށްފައިވެ އެވެ.

"ކުޗް ކުޗް ހޯތާ ހޭ" ގަދަ ލޯބީގެ ފިލްމްތައް ގެނެސް ދީފައިވާ ކަރަން ކުރި ޓްވީޓްތަކެއްގައި ބުނީ "ތަހުތު" ގެ ސްކްރީންޕްލޭ ލިޔުނީ ސުމިތު ރޯއި ކަމަށާއި ފިލްމްގައި ހިމެނޭނީ ސުމިތާއި ހުސައިން ހައިދްރީގެ ޑައިލޮގްތައް ކަމަށެވެ. އޭނާ ބުނި ގޮތުގައި މި ފިލްމްގެ ފުރާނައަކީ ފިލްމްގެ ލިޔުންތެރިންނެވެ.

"ތަހުތު" ގެ ވާހަކަ މައިގަނޑު ޕްލޮޓް އަދި ސިއްރެއްގެ ގޮތުގައި އޮތް ނަމަވެސް މީޑިއާތަކުން ބުނި ގޮތުގައި މި ފިލްމްގައި ރަންވީރް އާއި ވިކީ ފެނިގެން ދާނީ ދެބޭންގެ ރޯލުންނެވެ. އަދި ކަރީނާ އާއި އާލިއާ ވެސް ކުޅޭނީ ދެބޭންގެ ރޯލް ކަމަށްވެ އެވެ.

ކަރަން ސިފަ ކުރި ގޮތުގައި "ތަހުތު" އަކީ ލޯބްތާއި ނަފުރަތާއި ދަހިވެތިކަމާއި ރުޅި އާއި ހަސަދައިން ފުރިފައިވާ އާއިލާއެއްގެ ވާހަކަ އެވެ.

ދަރްމާ އިން ދެން އެންމެ އަވަހަށް ބެކުންތެރިންނަށް ގެނެސް ދޭނީ ރޯހިތު ޝެޓީ ޑައިރެކްޓްކޮށް ޑިސެމްބަރު 28 ގައި ރިލީޒް ކުރާ "ސިމްބާ" އެވެ.