08 އޯގަސްޓް 2018 - 21:04

ބޮޑު އީދާ ދިމާކޮށް ރެއިންބޯ ލިވިން މޯލުން ހާއްސަ އީދު ސޭލެއް ފަށައިފި އެވެ.
ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ފަރުނީޗަރުގެ ވިޔަފާރިކުރާ ކުންފުނިން ބުނީ ލިވިން މޯލުން މިއަދު ފެށި ސޭލް މިމަހުގެ 19ގެ ނިޔަލަށް ކުރިޔަށް ގެންދާނެ ކަމަށެވެ. އަދި އެ ސޭލްގައި 50 ޕަސެންޓާ ހަމަޔަށް ޑިސްކައުންޓް ލިބޭނެ ކަމަށް ވެސް އެ ކުންފުނިން ބުނިން ބުންޏެވެ.
ރެއިންބޯއިން ބުނީ ދިހަ ދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދާ ސޭލްގައި ގޭތެރެއަށް ބޭނުންވާ ފަރުނީޗަރާއި ބަދިގެއަށް ބޭނުންވާ ފަރުނީޗަރު ވެސް ލިބެން ހުންނާނެ ކަމަށެވެ.
އެ ފިހާރައިން މިދިޔަ ރޯދަމަހާ ދިމާކޮށް ވެސް އަގުހެޔޮ މުދާ ވިއްކުމަށް ހާއްސަ ސޭލެއް ކުރިޔަށް ގެންދިޔަ އެވެ.
ތިން ބުރިއަށް ހަދާފައި ހުންނަ ލިވިން މޯލަކީ ފްލޯ އޭރިއާގެ ގޮތުން ބަލާއިރު މާލޭގައި މިހާރު ހުރި އެންމެ ބޮޑު ފިހާރަ އެވެ.