ރިލްވާންގެ މައްސަލާގައި ސަރުކާރުން ކަންތައްތަކެއް ފޮރުވަން އުޅޭ: ހިސާން
ރިލްވާންގެ މައްސަލާގައި ސަރުކާރުން ކަންތައްތަކެއް ފޮރުވަން އުޅޭ: ހިސާން

ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލިފައިވާ މައްސަލާގައި ސަރުކާރުން ކަންތައްތަކެއް ފޮރުވަން މަސައްކަތް ކޮށްފައިވާ ކަމަށް ވަކީލް ހިސާން ހުސައިން ވިދާޅުވެއްޖެ އެވެ.

ރިލްވާންގެ މައްސަލާގައި ސަރުކާރުން ކަންތައްތަކެއް ފޮރުވަން އުޅޭ: ހިސާން
ރިލްވާންގެ މައްސަލާގައި ސަރުކާރުން ކަންތައްތަކެއް ފޮރުވަން އުޅޭ: ހިސާން

އޮގަސްޓް، 2014 ގައި ވީނުވީ ނޭނގި ރިލްވާން ގެއްލުނުތާ ހަތަރު އަހަރު ފުރުމާ ގުޅިގެން މިއަދު ބޭއްވި ހިނގާލުމުގައި ވާހަކަ ދައްކަވަމުން ހިސާން ވިދާޅުވީ ރިލްވާންގެ މައްސަލައިގެ ތަހުގީގުގައި ބައެއް ކަންކަން ފޮރުވަން މަސައްކަތް ކުރާކަމުގެ ޝަކުވާ ރިލްވާންގެ އާއިލާއިން ކުރިން ވެސް ކުރަމުން ގެންދިޔަ ކަމަށެވެ. ރިލްވާން ގެއްލުމާ ގުޅޭގޮތުން ރައީސް އަބްދުﷲ ޔާމީން އިއްޔެ ދެއްކެވި ވާހަކަފުޅުގައި ވެސް އެނގިގެން ދިޔައީ ރިލްވާން ގެއްލުމާ ގުޅޭ މައުލޫމާތު ސަރުކާރަށް އެނގިހުރެ އެކަން ސިއްރުކުރަން ސަރުކާރުން އުޅުންކަން ހިސާން ވިދާޅުވި އެވެ.

ރިލްވާންގެ މައްސަލާގައި ސަރުކާރުން ކަންތައްތަކެއް ފޮރުވަން އުޅޭ: ހިސާން
ރިލްވާންގެ މައްސަލާގައި ސަރުކާރުން ކަންތައްތަކެއް ފޮރުވަން އުޅޭ: ހިސާން

"އެންމެ ފުރަތަމަ ދުވަހުއްސުރެން ކުރި އެއް ޝަކުވާއަކީ ރިލްވާންގެ މައްސަލާގައި ދިވެހި ސަރުކާރުން އެތައް ކަންތައްތަކެއް ފޮރުވަން އުޅޭކަމުގެ ޝަކުވާ. އެ ޝަކުވާ ހަގީގަކަށް ވެގެން ދިޔައީ އިއްޔެ ރައީސް ޔާމީންގެ ވާހަކަފުޅުގައި ވިދާޅުވި ބަސްފުޅުން،" ހިސާން ވިދާޅުވި އެވެ.

ރިލްވާންގެ މައްސަލާގައި ސަރުކާރުން ކަންތައްތަކެއް ފޮރުވަން އުޅޭ: ހިސާން
ރިލްވާންގެ މައްސަލާގައި ސަރުކާރުން ކަންތައްތަކެއް ފޮރުވަން އުޅޭ: ހިސާން

ހިސާން ވިދާޅުވީ ރިލްވާންގެ މައްސަލަ ތަހުގީގު ކުރުމުގައި ފުލުހުން އިހުމާލުވަމުންދާ ކަމުގެ ޝަކުވާ އޮކްޓޫބަރު، 2014 ގައި ރިލްވާންގެ އާއިލާއިން އޭރުގެ ޕޮލިސް އިންޓަގްރިޓީ ކޮމިޝަނަށް ހުށަހެޅި ކަމަށެވެ. ރިލްވާން ދިރިއުޅުނު ފްލެޓް ކައިރިން މަގުމައްޗަށް ވެއްޓިފައި އޮތް ވަޅީގެ މައްސަލަ ފުލުހުންގެ ސަމާލު ކަމަށް ގެނައީ ވެސް ރިލްވާންގެ އާއިލާއިން ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ އެތައް އަހަރެއް ފަހުން އެ މައްސަލާގައި ދެ މީހެއްގެ މައްޗަށް ކުރި ދައުވާގެ ހުކުމް އިއްވިއިރު، ފުލުހުންގެ އިހުމާލު އޮތްކަން އެ ހުކުމުން ވެސް ސާފުވެގެން ގޮސްފައިވާ ކަމަށާއި އެހެންވެ، ގޮތް ނޭނގޭ ކަންތައްތަކެއް އެކަމުގައި ވާ ކަން ގަބޫލުކުރެވޭ ކަމަށް ހިސާން ވިދާޅުވި އެވެ.

"އޭގެ އަޑީގައި ކަންތައްތަކެއް ވާ ކަން އެއީ އަޅުގަނޑުމެން ދިވެހި ރައްޔިތުންގެ ހައިސިއްޔަތުން، ރިލްވާންގެ އާއިލާގެ ފަރާތުން، ރިލްވާންގެ ރަށްޓެހިންގެ ފަރާތުން ގަބޫލުކުރާ ހަގީގަތް،" ރިލްވާންގެ އާއިލާ އާއި ރަހުމަތްތެރިން ބައިވެރިވި އެ ހިނގާލުމުގައި ހިސާން ވިދާޅުވި އެވެ.

ހިސާން ވިދާޅުވި ގޮތުގައި ހަތަރު އަހަރު ވަންދެން ރިލްވާންގެ އާއިލާ އާއި ރަށްޓެހިން ކުރަމުން ގެންދިޔަ ސުވާލުތަކަށް ޖަވާބު ހޯދުމަށް އެ މައްސަލާގައި ދެފުށް ފެންނަ ގޮތަކަށް އަލުން ތަހުގީގު ހިންގަން ޖެހޭނެ އެވެ.

"ރިލްވާނަށް އިންސާފު ލިބޭނެ ކަމާ މެދު އަޅުގަނޑުމެން ސުވާލެއް ނުކުރަން. އެކަމަކު ރިލްވާނަށް އިންސާފު ލިބޭނެ ދުވަހެއްގެ އިންތިޒާރުގައި އަޅުގަނޑުމެން މިތިބީ،" ހިސާން ވިދާޅުވި އެވެ.

މީގެކުރިން ރިލްވާންގެ އާއިލާ އިން ބޭއްވި ހިނގާލުންތަކަށް ފުލުހުން ހުރަސް އެޅިޔަސް، މިއަދު ހަވީރު ޗާންދަނީމަގުން ފެށިގެން ރަސްފަންނާ ހިސާބަށް ހިނގާލުން ނިންމާލި އިރު ވެސް ފުލުހުން ހުރަހެއް ނާޅަ އެވެ.

ރިލްވާން ގަދަކަމުން ފޮރުވި ކަމަށް ބުނެ ހ. ހިލްޓަން އާލިފް ރައޫފާއި ގދ. ވާދޫ ކަރަންކާގޭ މުހައްމަދު ނޫރައްދީންގެ މައްޗަށް ކުރި ޓެރަރިޒަމްގެ ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން މިދިޔަ ހަފުތާގައި ވަނީ ހުކުމްކޮށްފަ އެވެ. އެ މައްސަލަ އިސްތިއުނާފް ކުރަން ދައުލަތުން ވަނީ ނިންމައިފަ އެވެ.