08 އޯގަސްޓް 2018 - 15:46

އެސިސްޓެންޓު ޕްރޮސިކިއުޓަ ޖެނެރަލް އައިޝަތު ފަޒްނާ މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
ޕީޖީ އޮފީހުގެ އެންމެ ސީނިއާ އެއް ވަކީލް، ފަޒްނާ ވިދާޅުވީ، އޭނާ މަގާމުން އިސްތިއުފާ ދެއްވީ އަމިއްލަ ސަބަބުތަކަކާ ހެދި ކަމަށެވެ. ތަފްސީލެއް ނުދެއްވަ އެވެ.
ސިޔާސީ ބޭފުޅުންތަކެއްގެ މައްޗަށް މި ފަހުން އުފުލި ގިނަ ދައުވާތަކުގައި، ދައުލަތް ތަމްސީލްކުރެއްވީ ފަޒްނާ އެވެ. އެ މައްސަލަތަކުގައި އިންސާފުން އެއްކިބާވެފައިވާ ކަމަށް އިދިކޮޅުން ތުހުމަތުކޮށް ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހާއި ސަރުކާރަށް ވެސް ވަރަށް ބޮޑެތި ފާޑުކިއުންތަކެއް ވަނީ އަމާޒުވެފަ އެވެ.