ސައުދީ މީހުން ކެނެޑާ އިން ބޭސްކުރުން މަނާކޮށްފި
ސައުދީ މީހުން ކެނެޑާ އިން ބޭސްކުރުން މަނާކޮށްފި

ރިޔާޒް (އޮގަސްޓް 8) - ސައުދީ ރައްޔިތުން ކެނެޑާ އިން ބޭސްފަރުވާ ކުރުން މަނާކޮށްފި އެވެ.

ދެ ގައުމުގެ މެދުގައި ޑިޕްލޮމެޓިކް ބޮޑު މައްސަލަ ގަނޑެއް އުފެދިފައި މި ވަނީ ސައުދީގައި ހައްޔަރުކޮށްފައިވާ އަންހެން އެކްޓިވިސްޓުން ދޫކޮށްލަން ކެނެޑާ އިން ގޮވާލުމާ ގުޅިގެންނެވެ.

ސައުދީން ބުނީ ކެނެޑާ އިން މިހާރު ބޭސްފަރުވާ ހޯދަމުންދާ އެ ގައުމުގެ ހުރިހާ ރައްޔިތުން ކެނެޑާ އިން ބޭރުން ބޭސްކުރެވޭނެ އިންތިޒާމް ހަމަޖައްސަމުންދާ ކަމަށެވެ.

ސައުދީން އިއްޔެ ވަނީ އެ ގައުމުގެ ގައުމީ އެއާލައިން ސައުދިއާގެ ދަތުރުތައް ކެނެޑާގެ ޓޮރޮންޓޯ އަށް ކުރުން ހުއްޓާލައިފަ އެވެ. ކެނެޑާގައި ތިބި ސައުދީގެ ކިޔަވާ ކުދިން ވެސް މިހާރު ވަނީ އެ ގައުމުން އަނބުރާ ގެންދަން ފަށައިފަ އެވެ. ކެނެޑާގައި ސައުދީގެ 15،000 ކުދިން ކިޔަވަ އެވެ.

ދެ ގައުމުގެ މެދުގައި މައްސަލަ އުފެދުމާ ގުޅިގެން ސައުދީން ވަނީ ކެނެޑާ ސަފީރު ފޮނުވާލައިފަ އެވެ. އަދި ކެނެޑާގައި ހުރި ސައުދީ ސަފީރު ވެސް ވަނީ އަނބުރާ ގެނެސްފަ އެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ ދެ ގައުމުގެ މެދުގައި އުފެދިގެން އުޅޭ މައްސަލަ ހައްލު ކުރަން ގޮވާލައިފަ އެވެ.

މިނިވަން ކުރަން ކެނެޑާ އިން ގޮވާލި ފަރާތްތަކުގެ ތެރޭގައި އަންހެނުންގެ ހައްގުތަކަށް ވަކާލާތު ކުރާ ސައުދީގެ އެކްޓިވިސްޓް ސަމަރު ބަދަވީ ހިމެނެ އެވެ. އޭނާގެ ބޭބެ ބްލޮގަރެއް ކަމަށްވާ ރައީފް ބަދަހީ ވެސް ހުރީ 10 އަހަރުގެ ހުކުމެއްގައި ޖަލުގަ އެވެ. ރާއިފްގެ އަންހެނުން އިންސާފް ހައިދަރު ދިރިއުޅެނީ ކެނެޑާގަ އެވެ. ދާދި ފަހުން އޭނާ އަށް ވަނީ ކެނެޑާގެ ރަށްވެހިކަން ވެސް ދީފަ އެވެ.