ހޮހަޅައެއްގައި 15 އަހަރުވަންދެން ގެންގުޅުނު އަންހެނަކު ސަލާމަތްކޮށްފި
ހޮހަޅައެއްގައި 15 އަހަރުވަންދެން ގެންގުޅުނު އަންހެނަކު ސަލާމަތްކޮށްފި

ޖަކާޓާ (އޮގަސްޓް 8) - ހޮހަޅައެއްގެ ތެރޭގައި 15 އަހަރުވަންދެން ގެންގުޅުނު 28 އަހަރުގެ އަންހެނަކު ސަލާމަތްކޮށްފައިވާ ކަމަށް އިންޑޮނީޝިއާގެ ސުލަވެސީގެ ފުލުހުން ބުނެފި އެވެ.

ހޮހަޅައެއްގައި 15 އަހަރުވަންދެން ގެންގުޅުނު އަންހެނަކު ސަލާމަތްކޮށްފި
ހޮހަޅައެއްގައި 15 އަހަރުވަންދެން ގެންގުޅުނު އަންހެނަކު ސަލާމަތްކޮށްފި

އަންހެން މީހާ ކިޑްނެޕްކޮށްފައި ވަނީ އުމުރުން މިހާރު 83 އަހަރުގެ ފިރިހެނެކެވެ. އެ މީހާ ވަނީ އޭނާ އަށް އާދަޔާޚިލާފު ރޫހާނީ ބާރުތަކެއް ލިބިގެންވާ ކަމަށް ބުނެ އަންހެން ކުއްޖާ ހައްލާލައިގެން އެ ކުއްޖާގެ އުމުރުން 13 އަހަރުގައި ހޮހަޅަ އަށް ގެންގޮސްފަ އެވެ. އެ ކުއްޖާ ހޮހަޅައިން ނެރެގެން ގެއަށް ގެންދަނީ ރޭގަނޑު އެވެ. ގެއަށް ގެންގޮސް ޖިންސީ ގޯނާ ކުރާކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ޖަގޯގެ ނަން ދީފައިވާ ފިރިހެން މީހާގެ މައްޗަށް ވަނީ ޖިންސީ ފުރައްސާރަ ކުރުމާއި ކުޑަ ކުދިންނަށް ގޯނާ ކުރުމުގެ ގާނޫނުގެ ދަށުން ދައުވާކޮށްފަ އެވެ. ފިރިހެން މީހާ ކުށްވެރިވެއްޖެ ނަމަ އޭނާ އަށް 15 އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

ފުލުހުން ބުނީ އުމުރުން 13 އަހަރުގެ ކުއްޖާ އެ ފިރިހެން މީހާގެ ކައިރި އަށް އެ ކުއްޖާގެ އާއިލާގެ ފަރާތުން ގެންދިޔައީ ފަރުވާއަކަށް ކަމަށެވެ. އެ މީހާގެ ކައިރީގައި ބަހައްޓާފައި ހުއްޓާ އެ ކުއްޖާ ގެއްލުނީ އެވެ. ކުއްޖާގެ އާއިލާ ގާތު އެ މީހާ ބުނެފައި ވަނީ މަސައްކަތެއް ހޯދަން އެ ކުއްޖާ ޖަކާޓާ އަށް ދިޔައީ ކަމަށެވެ. އެ ކުއްޖާގެ އާއިލާ މީހުން ވަނީ ކުއްޖާ ހޯދަން އެތައް އަހަރެއް ވަންދެން މަސައްކަތް ކޮށްފަ އެވެ. އެންމެ ފަހުން ވަނީ ކުއްޖާ ގެއްލުނީ ކަމަށް ނިންމައިފަ އެވެ.

ނަމަވެސް ފުލުހުންނަށް ލިބުނު ރިޕޯޓަކާ ގުޅިގެން މެދުތެރޭގެ ސުލަވެސީގެ ގަލުމްޕަން އަވަށުގައިވާ ފަރުބަދައިގެ ހޮހަޅައިގެ ތެރޭން ފުލުހުން ވަނީ އެ އަންހެން މީހާ ހޯދައިފަ އެވެ. ފުލުހުން ހާމަކުރި ފޮޓޯތަކުގައިވާ ގޮތުން ހޮހަޅައިގެ ތެރޭގައި ކޮންމެވެސް ވަރަކަށް ފަރުނީޗަރު ވެސް ހުއްޓެވެ.