އެމްޕްލޯޔާ ބްރޭންޑިން އެވޯޑްސްގައި އުރީދު އަށް ވަރަށް ޚާއްސަ ވަނަތަކެއް
އެމްޕްލޯޔާ ބްރޭންޑިން އެވޯޑްސްގައި އުރީދު އަށް ވަރަށް ޚާއްސަ ވަނަތަކެއް

އެމްޕްލޯޔާ ބްރޭޑިން އެވޯޑްސްގައި އުރީދޫ މޯލްޑިވްސްއަށް ރަން ވަނަތަކެއް ލިބިއްޖެ އެވެ.

އެމްޕްލޯޔާ ބްރޭންޑިން އެވޯޑްސްގައި އުރީދު އަށް ވަރަށް ޚާއްސަ ވަނަތަކެއް
އެމްޕްލޯޔާ ބްރޭންޑިން އެވޯޑްސްގައި އުރީދު އަށް ވަރަށް ޚާއްސަ ވަނަތަކެއް

މިގޮތުން، އުރީދު އަށް ލިބިފައި ވަނީ ޑްރީމް ކޮމްޕެނީ ޓު ވޯކް ފޯ އާއި ބެސްޓް އެމްޕްލޯޔާ ބްރޭންޑް އަދި އެވޯޑް ފޯ އިންސްޓިޓިއުޝަން ބިލްޑިން އެވެ.

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މުއާސަލާތީ ހިދުމަތްދޭ ކުންފުނިން ބުނީ ސިންގަޕޫރުގައި ބޭއްވި ހަފްލާގައި އެ އެވޯޑުގެ އިތުރުން އުރީދޫގެ ޑިރެކްޓަ އޮފް ހިއުމަން ރިސޯސް، މުހައްމަދު ޝާހިދަށް އެޗްއާރު ލީޑަޝިޕް އެވޯޑް ލިބުމަކީ ވެސް އުރީދޫން ވަރަށް ފަޚުރުވެރިވާ ކަމެއް ކަމަށެވެ.

"މުވައްޒަފުންގެ ކުރިއެރުމަކީ އުރީދޫން އެންމެ އިސްކަންދޭ އެއް ކަންތައް. މިގޮތުން ހިއުމަން ރިސޯސަސްގެ ދާއިރާއިން ކުންފުނީގެ މަސައްކަތް ފާހަގަކުރެވިގެން ދިޔުމަކީ އަޅުގަނޑުމެންނަށް ލިބިފައިވާ ވަރަށް ބޮޑު އުފަލެއް. ރާއްޖެ އާއި ރާއްޖެއިން ބޭރުގައި އުރީދޫ މޯލްޑިވްސް ހޯދަމުންދާ ކާމިޔާބީގެ ފަހަތުގައިވާ، މަސައްކަތަށް ޝައުގުވެރިކަން ހުންނަ ހުނަރުވެރި މުވައްޒަފުން ބިނާ ކުރުމަށް އަޅުގަނޑުމެންގެ އެޗްއާރު ޓީމް އަދި ޕީޕަލް މެނޭޖަރުން ކުރާ ގިނަގުނަ މަސައްކަތްތަކުގެ އަގުވަޒަންކޮށް، ފާހަގަކުރަން،" އުރީދޫގެ ސީއީއޯ ނަޖީބް ޚާން ވިދާޅުވި އެވެ.

ހަތަރު ސަތޭކައަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތްކުރާ އުރީދު އަކީ ރާއްޖޭގައި ވަޒީފާ އަދާ ކުރަން އެންމެ މަގްބޫލު އެއް ކުންފުންޏެވެ.

"އުރީދޫން ރާއްޖޭގައި ހޯދާފައިވާ ކާމިޔާބީގެ އަސްލަކީ، ކުންފުނީގެ ހީވާގި މުވައްޒަފުންގެ މިންނެތް މަސައްކަތް ކަމަށް އުރީދޫން ގަބޫލު ކުރޭ. މުވައްޒަފުންގެ ހިޔާލުތަކަށް ހާއްސަ އިސްކަމެއް ދީގެން، އުރީދޫން މަސައްކަތް ކުރަނީ ޓެލެންޓް މެނޭޖްމަންޓްގެ ބައިނަލްއަގުވާމީ ބެސްޓް ޕްރެކްޓިސްތަކުގެ އެހީގައި، މުވައްޒަފުން އިތުރަށް ބިނާކޮށް، ޓީމު ވަރުގަދަ ކުރުމަށް. އަދި ވަޒީފާގެ މައިދާނުގައި ކުރިއެރުމުގެ ފުރުސަތު މުވައްޒަފުންނަށް ހޯދައިދިނުމަށް އުރީދޫން ހާއްސަ އަހަމިއްޔަތުކަމެއް ދޭ،" އުރީދޫން ބުންޏެވެ.

މިއަހަރު ބޭއްވުނު ވޯލްޑް އެޗްއާރްޑީ ކޮންގްރެސްގައި ވެސް، އުރީދޫން ވަނީ ގްލޯބަލް އެޗް އާރު އެކްސެލެންސް އެވޯޑް ފޮ ބެސްޓް ސްޓްރެޓެޖީ އިން ލައިން ވިތް ބިޒްނަސް، ގްލޯބަލް ބެސްޓް އެމްޕްލޯޔާ ބްރޭންޑް ފޮ އެކްސެލެންސް އިން އެޗްއާރު ތްރޫ އިނޮވޭޝަން، އަދި ގްލޯބަލް ބެސްޓް އެމްޕްލޯޔާ ބްރޭންޑް ފޮ ޓެލެންޓް މެނޭޖްމަންޓްގެ އެވޯޑު ކާމިޔާބުކޮށްފަ އެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ މީރާ އިން ބޭއްވި ރަންލާރި އެވޯޑުގައި ވެސް، އުރީދުއަށް ވަނީ ވިޔަފާރީގެ ފައިދާއިން ނަގާ ޓެކްސް (ބީޕީޓީ) އެންމެ ގިނައިން ދެއްކި ކުންފުނިތަކުގެ ތެރޭގައި ހިމެނިގެން ލިބުނު އެވޯޑަކާއި ޓޫރިޒަމް ދާއިރާ ނޫން ވިޔަފާރިތަކުން ބޮޑެތި ވިޔަފާރީގެ ކެޓަގަރީގައި ހިމެނޭ ބައިން އެވޯޑެއް ލިބިފައިވެ އެވެ.