ބިންހެލުން އައިތާ ދެ ދުވަސް ފަހުން މީހަކު ސަލާމަތްކޮށްފި
ބިންހެލުން އައިތާ ދެ ދުވަސް ފަހުން މީހަކު ސަލާމަތްކޮށްފި

ލޮމްބޮކް (އޮގަސްޓް 7) - އިންޑޮނީޝިއާގެ ލޮމްބޮކް އައިލެންޑަށް މިދިޔަ އާދިއްތަ ދުވަހު ބިންހެލުން އައިތާ ދެ ދުވަސް ފަހުން ދިރިއޮއްވާ އަންހެނަކު ސަލާމަތްކޮށްފި އެވެ.

ބިންހެލުން އައިތާ ދެ ދުވަސް ފަހުން މީހަކު ސަލާމަތްކޮށްފި
ބިންހެލުން އައިތާ ދެ ދުވަސް ފަހުން މީހަކު ސަލާމަތްކޮށްފި

މީހުން ސަލާމަތްކުރާ ޓީމުތަކަށް އެ އަންހެން މީހާ ފެނުނީ ވެއްޓިފައިވާ އިމާރާތެއްގެ ބައިތައް ނެގުމުގެ މަސައްކަތް ކުރަމުން ދަނިކޮށެވެ. ރިކްޓާ މިންގަނޑުން 6.9 ގެ ބާރުމިނުގައި އައި ބިންހެލުމުގައި މިހާތަނަށް ވަނީ 100 މީހުން މަރުވެފަ އެވެ.

ލޮމްބޮކަށް ބިންހެލުން އައިއިރު ނާދިއާ ރެވާނަލާ، 23، ހުރީ ޕެމަނަންގެ މިނީ މާޓެއްގައި ބާޒާރު ކުރާށެވެ. އިމާރާތް ވެއްޓުމާ އެކު އޭނާ އެ ތަނުގެ ދަށުގައި ތާށިވި އެވެ. އިމާރާތުގެ ދަށުގައި ނާދިއާ އޮތްކަން އެނގުނީ ސަލާމަތްކޮށްދިނުމަށް އެދި އޭނާ ގޮވާ އަޑު އަވަށްޓެރިންނަށް އިވުމުންނެވެ. ރެސްކިއު ޓީމަށް އެ ޚަބަރު ދިނުމާ އެކު އޭނާ ސަލާމަތް ކުރަން ހަތަރު ގަޑިއިރު ހޭދަވި އެވެ.

އިންޑޮނީޝިއާގެ ސާޗް އެންޑް ރެސްކިއު ރިސާޗް އެޖެންސީން ބުނީ ބިންހެލުމަށް ފަހު މިހާތަނަށް 3،000 މީހުން ސަލާމަތްކޮށްފައިވާ ކަމަށެވެ. ގިނަ މީހުން ސަލާމަތްކޮށްފައި ވަނީ ލޮމްބޮކުގެ އުތުރުގެ ހިސާބުތަކުންނެވެ.