އެނބުރޭ ބިއްލޫރި ތަޅުންގަނޑެއް، ކޮންކްރީޓަށް ވުރެ ވަރުގަދަ
އެނބުރޭ ބިއްލޫރި ތަޅުންގަނޑެއް، ކޮންކްރީޓަށް ވުރެ ވަރުގަދަ

އުސް އިމާރާތްތަކަށް އަރައި ތިރި ބަލައިލުމަކީ ބައެއް މީހުންނަށް ކުޅަދާނަކަމަކަށް ނުވެއެވެ. އެކަމަކު ރަށުތެރޭގެ ރީތި މަންޒަރުތައް ފެންނާނެހެން ހަދާފައިވާ އުސް އިމާރާތްތައް ވަރަށް ގިނަ ގައުމުތަކުގައި ހުރެއެވެ. މިފަދަ ތަންތަނަކީ ފަތުރުވެރިންގެ ހިތްތަކުން ޖާގަ ހޯދާފައިވާ ތަންތަނެވެ. މީގެ ތެރޭން ވެސް އެންމެ ޚާއްސަ އެއް އިމާރާތަކީ އެމެރިކާގެ ސިއާޓްލްގައި ހުންނަ ސްޕޭސް ނީޑްލްއެވެ.

މި ޓަވަރު 1962 ވަނަ އަހަރު އިމާރާތްކުރި ފަހުން ސިއާޓްލްގެ ރީތި މަންޒަރުތައް މަތިން ބަލައިލުމަށް އަހަރަކު މިލިއަނުން މިލިއަނުން މީހުން ޒިޔާރަތްކުރެ އެވެ. ދާދިފަހުން އެތަނުގެ އާބާތުރަ ފިލުވުމަށް ފަހު ހުޅުވިއިރު ވަނީ މުޅިން ތަފާތު ތަޅުމަކަށް ތަނުގެ ތަޅުމުން ބައެއް ބަދަލުކޮށްފައެވެ. ކުޅިބަލާ މީހުންނަށް ކުރެވޭނީ ރަށާ ދިމާ ސީދާ 500 ފޫޓު މަތީގައި ތިބެވޭކަމުގެ އިހުސާސެވެ. ދެންމެ ދެންމެ ބިއްލޫރިގަނޑު ތަޅައިގެން ގޮސް ހުރި ދިމާއިން ބިމަށް ވެއްޓިދާނެކަމަށް ހީވާ މީހުން ވެސް އުޅޭނެއެވެ.

މި ބިއްލޫރިއަކީ ވަރުގަދަ ކޮންކްރީޓަށް ދޫނުކުރާނެ ބިއްލޫރިއެއްކަން ސާބިތުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހުނެވެ. މިކަމާ ގުޅޭގޮތުން ސްޕޭސް ނީޑްލްގެ ފަރާތުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބިއްލޫރި އުފައްދާފައިވަނީ ފަށަލަ ފަށަލައަށް ފައްތަރުކޮށްގެން ކަމަށެވެ.

ސްޕޭސް ނީޑްލްގެ ބިއްލޫރި ތަޅުމުގައި ޚާއްސަ އެހެން ކަމެއްވެސް އެބައޮތެވެ. އެއީ ދުވާ ބިއްލޫރިއެވެ. ބަރުދަނުގައި 37 ޓަނު ހުންނަ މި ބިއްލޫރި ތަޅުންގަނޑު އަނބުރަން 12 މޯޓަރާއި 48 ރޯލަރު ހުރެއެވެ. އެންމެ ބާރަށް އެނބުރޭއިރު 20 މިނިޓުން ބުރެއް ޖަހައެވެ. މަޑުން އެނބުރޭއިރު ބުރު ހަމަވަނީ 90 މިނިޓުންނެވެ. ސްޕޭސް ނީޑްލްގެ އޮބްޒަވޭޝަން ޑެކްގައި ހަދާފައިވާ މި ބިއްލޫރި ތަޅުމާއި، ފަންގިފިލާއިން ފެށިގެން ތިރިއަށް ހަރުކޮށްފައިވާ 11 ފޫޓުގެ ބިއްލޫރިއަކީ 20،000 އަކަފޫޓުގެ ބިއްލޫރިއެވެ.

މީގެ މަތީ ހުންނައިރު ތަޅައިގެންނުދާނެކަން ކަށަވަރުކުރުމަށްޓަކައި އެތައް ފަހަރަކު ތަހުލީލުކޮށް އަޖުމަބެލި އެވެ.

މިތަނަށް ވަނުމަށް ބޮޑެތި މީހުން ދައްކަންޖެހެނީ 27.50 ޑޮލަރެވެ. ކުޑަކުއްޖެއްގެ ޓިކެޓަކަށް 22.50 ޑޮލަރަށެވެ.