07 އޯގަސްޓް 2018 - 11:06

ތެހެރާން (އޮގަސްޓް 7) - އެމެރިކާ އާއި އިޒްރޭލް އަދި ސައުދީ އަރަބިއާގެ ވެރިން ދުނިޔޭގައި ވަރަށް ބޮޑަށް ބާކީވެއްޖެ ކަމަށް އީރާންގެ ޚާރިޖީ ވަޒީރު ޖާވަދް ޒަރީފް ވިދާޅުވެއްޖެ އެވެ.

"މުޅި ދުނިޔެ އިން މިއަދު އެވަނީ އީރާނާ މެދު އެމެރިކާ ގެންގުޅޭ ސިޔާސަތު ގަބޫލް ނުކުރާކަން ހާމަކޮށްފައި،" ޒަރީފްއާ ހަވާލާދީ އީރާނުގެ ނޫސް އެޖެންސީއަކުން ބުންޏެވެ. "ދުނިޔޭގެ ކޮންމެ ހިސާބެއްގައި ހުރި މީހެއްގެ ގާތުގައި ނަމަވެސް އައްސަވާބަލަ (އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ) ނަތަންޔާހޫ، (އެމެރިކާގެ ރައީސް ޑޮނަލްޑް) ޓްރަމްޕް، އަދި (ސައުދީ އަލީ އަހުދު މުހައްމަދު) ބިން ސަލްމާންގެ ވާހަކަ. އެ މީހުން ވަނީ ބާކީވެފައި. އީރާނެއް ނޫން،" ޒަރީފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ 2015 ވަނަ އަހަރުގެ ނިއުކްލިއާ އެއްބަސްވުމުން އެމެރިކާ ވަކިވުމުން ޓްރަމްޕާ އެކު މަޝްވަރާ ކުރުމަކީ އުނދަގޫ ކަމެއް ކަމަށެވެ.
"ތިޔަބޭފުޅުން ދެކޭ ގޮތުގައި އޭނާ (ޓްރަމްޕް) އަކީ މަޝްވަރާ ކުރަން އެކަށީގެންވާ މީހެއްތަ؟" ޒަރީފް ސުވާލު ކުރެއްވި އެވެ.
އެއްވެސް ޝަރުތެއް ނެތި މަޝްވަރާ ކުރަން ޓްރަމްޕް ހުށަހެޅުއްވުމުން އީރާނުގެ ލީޑަރުން ވަނީ ސުވާލު އުފައްދައިފަ އެވެ.
އީރާނާ ދެކޮޅަށް އެމެރިކާ އިން ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް އިޒްރޭލާއި ސައުދީން ދަނީ ތާއީދު ކުރަމުންނެވެ.