07 އޯގަސްޓް 2018 - 07:28

ބިމުން ފުރައިގެން ކިޔުރިއޯސިޓީ މާސް އަށް ދިއުމަށް 253 ދުވަސް ހޭދަވި އެވެ. ނާސާއިން ކިޔުރިއޯސިޓީ ފުރުވާލީ ނޮވެމްބަރު 26، 2011 ގަ އެވެ. ދިގު ރާސްތާއެއް ކަޑައްތުކޮށް މާސް އަށް ފޯރުމަށް ނުވަ މަސް ދުވަސް ނެގި އެވެ. އެ އުޅަނދު މާސްގެ ބިމަށް ޖެއްސީ އޮގަސްޓް 6، 2012 ގަ އެވެ.
ކިޔުރިއޯސިޓީ މާސްގައި ހަ އަހަރު ވީ އެވެ. އަދި ވެސް މަސައްކަތުގަ އެވެ. ނާސާއިން ބުނިހައި ކަމެއް ކުރަމުން ދާއިރު، އެ އުޅަނދަށް ހަވާލުކުރި އަސާސީ މަަސައްކަތަކީ، މާސް އަކީ އެއްވެސް ބާވަތެއްގެ ދިރުމަށް ފުދޭ ތަނެއްތޯ ބެލުމެވެ. މާސްގެ މަލަމަތި އަދި ގަލާއި ވެލީގައި ހިމެނިފައި ހުރި ނަމަ ހުރި އެއްޗެއް ދެނެގަތުމަކީ ވެސް ކިޔުރިއޯސިޓީ އަށް ހަވާލުކުރެވުނު މަސައްކަތެކެވެ.
ކިޔުރިއޯސިޓީ އަކީ ނާސާ އަށް ވަރަށް މުހިންމު އުޅަނދެކެވެ. އޭގެ ކުރިން ސައިންސަށް އެނގިފައި ނެތް ކިތަންމެ ކަމެއް، އެ އުޅަނދުގެ ސަބަބުން ވަނީ ދެނެގަނެވިފަ އެވެ. އޮޕަރޭޓަރުން ދުނިޔޭގައި ތިބެގެން ކިޔުރިއޯސިޓީ މާސްގެ ބިމުގައި ކޮޅުކޮޅަށް ދުއްވާއިރު، ކިޔުރިއޯސިޓީ އަކީ އަމިއްލަ އަށް ދުވެ، ވީޑިއޯކޮށް އަދި ފޮޓޯ ނަގަން ވެސް އެނގޭ އުޅަނދެކެވެ.
މާސްގައި ކިޔުރިއޯސިޓީ ވަނީ ފަރުބަދަތަކާ ބެހޭ ގޮތުން އެނގުނު އެއްޗެއް ބިމަށް ފޮނުވައިފަ އެވެ. މާސްގެ ބިމުގައި އެއްވެސް ޒަމާނެއްގައި ދިޔާ ފެން ހުރި ނަމަ، ސައިންސްވެރިންނަށް ދެނެގަނެވޭ ވަރަށް ވަނީ މައުލޫމާތު ފޯރުކޮށްދީފަ އެވެ. ވީޑިއޯ އަދި ފޮޓޯގެ ޒަރިއްޔާއިން ބިމަށް ފޮނުވިގައި މައުލޫމާތެއް އާންމުނަށް އަދި ނުފޯރި ނަމަވެސް ވަނީ ރެކޯޑްކުރެވިފަ އެވެ.
ކިޔުރިއޯސިޓީ އަށް ދެން އޮތް މަސައްކަތަކީ، މާސް އަށް އިންސާނުން ދާންވާއިރަށް މަގު ހަދައި ފަސްގަނޑު އެއްވަރުކުރުމެވެ. އަދި ގެދޮރުއަޅަން ކަމުދާ ތަންތަން ހޯދައި ނާސާ އަށް އެންގުމެވެ.