ވިލާ ކޮލެޖުން "ބިޒްނަސް ބްރޭކްފާސްޓް" އެއް ބާއްވައިފި
ވިލާ ކޮލެޖުން "ބިޒްނަސް ބްރޭކްފާސްޓް" އެއް ބާއްވައިފި

އެކި ދާއިރާތަކުގެ އިސްބޭފުޅުންނާ އެކު، ވިލާ ކޮލެޖުން "ބިޒްނަސް ބްރެކްފާސްޓް" އެއް މިއަދު ބާއްވައިފި އެވެ.

ވިލާ ކޮލެޖުން "ބިޒްނަސް ބްރޭކްފާސްޓް" އެއް ބާއްވައިފި
ވިލާ ކޮލެޖުން "ބިޒްނަސް ބްރޭކްފާސްޓް" އެއް ބާއްވައިފި

ޗަމްޕާ ސެންޓްރަލް ހޮޓަލް ގައި ބޭއްވި ނާސްތާގައި ސަރުކާރާއި އަމިއްލަ ދާއިރާތަކުގެ އިސްބޭފުޅުންގެ އިތުރުން ސްކޫލްތައް ހިންގުމުގައި އިސްކޮށް އުޅުއްވާ ބޭފުޅުން ބައިވެރިވެވަޑައިގަތެވެ. އަދި ތައުލީމީ ދާއިރާގައި ދަރިވަރުން ކުރަމުން އަންނަ މަސައްކަތްތައް އިތުރަށް ކުރިއަރުވައި ތަރައްގީ ކުރަން ދެވޭނެ އެހީތަކާ ބެހޭ ގޮތުން އެ ބޭފުޅުން ވަނީ މަޝްވަރާ ކުރައްވައިފަ އެވެ.

ވިލާ ކޮލެޖުން "ބިޒްނަސް ބްރޭކްފާސްޓް" އެއް ބާއްވައިފި
ވިލާ ކޮލެޖުން "ބިޒްނަސް ބްރޭކްފާސްޓް" އެއް ބާއްވައިފި

އެ ހަރަކާތުގެ ތެރޭގައި، ކީ ނޯޓް ސްޕީކާއެއްގެ ގޮތުގައި ހިއުމަން ރިސޯސަސް އާއި ޓްރެއިނިން ޑިވެލޮޕްމަންޓް ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ ހުސެއިން އަފީފް ވަނީ ވާހަކަ ދައްކަވައިފަ އެވެ. އޭނާގެ ވާހަކައިގައި، އޮފީސްތަކުން ނިންމާ ނިންމުންތަކަކީ ދިރާސާ އާއި އިލްމީ ހެކިތަކުގެ މައްޗަށް ބިނާ ކޮށްފައިވާ ނިންމުންތަކަކަށް ހެދުމާ ބެހޭ ގޮތުން އަލިއަޅުވައިލެއްވި އެވެ.

މިދިޔަ އަހަރު ވިލާ ކޮލެޖުގައި ކިޔަވަން އެންމެ ގިނަ ދަރިވަރުން ސްޕޮންސާ ކުރި ދެ ފަރާތް ކަމަށްވާ، ޔުނިވާސަލް އެންޓަޕްރައިޒަސް އަދިި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ އަށް ވެސް ބިޒްނަސް ބްރެކްފާސްޓްގެ ތެރޭގައި ހަނދާނީ ފިލާ ދިނެވެ.

މިއީ ވިލާ ކޮލެޖުން ކޮންމެ އަހަރަކު އެއް ފަހަރު ބާއްވާ ހަރަކާތެކެވެ.