ދިރާގުގެ އެންމެ ޝަރަފްވެރި އިނާމު މިފަހަރު މިރުޝާނަށް
ދިރާގުގެ އެންމެ ޝަރަފްވެރި އިނާމު މިފަހަރު މިރުޝާނަށް

ދިރާގުގެ ޗެއާޕާސަންސް އެވޯޑް އެ ކުންފުނީގެ ސީނިއަ މެނޭޖަ ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް މުހައްމަދު މިރްޝާން ހަސަން ހޯއްދަވައިފި އެވެ.

ދިރާގުގެ އެންމެ ޝަރަފްވެރި އިނާމު މިފަހަރު މިރުޝާނަށް
ދިރާގުގެ އެންމެ ޝަރަފްވެރި އިނާމު މިފަހަރު މިރުޝާނަށް

ދިރާގުގެ އެންމެ ޝަރަފްވެރި އިނާމު މިރުޝާނާ ހަވާލުކުރުން އޮތީ މިދިޔަ ހުކުރު ދުވަހުގެ ރޭ ކްލަބްފަރުގައި ބޭއްވި އެ ކުންފުނީގެ 29 ވަނަ އަހަރީ އެވޯޑު ދިނުމުގެ ހަފުލާގަ އެވެ. އެ ކުންފުނީގައި އޭނާ މަސައްކަތްކުރައްވާތާ މިއީ 16 ވަނަ އަހަރެވެ.

ދިރާގުގެ އެންމެ ޝަރަފްވެރި އިނާމު މިފަހަރު މިރުޝާނަށް
ދިރާގުގެ އެންމެ ޝަރަފްވެރި އިނާމު މިފަހަރު މިރުޝާނަށް

ރާއްޖޭގެ އެންމެ ބޮޑު މުއާސަލާތީ ކުންފުނިން ބުނީ ދިރާގުގެ އެވޯޑް ހަފްލާގެ މައިގަނޑު މަގުސަދަކީ ކުންފުނީގެ މުވައްޒަފުންގެ ހުނަރާއި މުވައްޒަފުން ކުންފުންޏަށް ދޭ ހިދުމަތުގެ އަގުވަޒަންކޮށް، އެކަމަށް ތަރުހީބު ދިނުން ކަމަށެވެ. މިއީ ދިރާގުން މި ހަފުލާ ޖެހިޖެހިގެން ބޭއްވި 29 ވަނަ އަހަރެވެ.

ދިރާގުގެ އަހަރީ އެވޯޑް ދިނުމުގެ ހަފުލާގައި އިނޮވޭޝަން އެވޯޑް، އައުޓްސްޓޭންޑިން ލީޑަ އެވޯޑް، ޑިވިޝަނަލް މެރިޓް އެވޯޑް އަދި ސްޕެޝަލް މެރިޓް އެވޯޑް ތަފާތު 31 މުވައްޒަފަކަށް ދީފައިވެ އެވެ.

އެ ކުންފުނިން ބުނީ މި އަހަރުގެ ހަފުލާފައި ފާހަގަކުރެވުނު އެންމެ ހާއްސަ އެއް ކަމަކީ މުވައްޒަފުންނަށް ދިން އެވޯޑްތަކަކީ އާ ބްރޭންޑިން އާއި އެއްގޮތަށް ފަރުމާކޮށްފައިވާ ޓްރޮފީތަކަކަށްވުން ކަމަށެވެ.

"ދިރާގުގެ އެންމެ އަގުހުރި ރައުސްމާލަކީ ކުންފުނީގެ މުވައްޒަފުން. މިގޮތުން މުވައްޒަފުންގެ މަންފާ އާއި ކުރިއެރުމަކީ ކުންފުނިން ނުހަނު އިސްކަމެއްދޭ ކަމެއް. މާލީ އިނާޔަތްތަކުގެ އިތުރުން މުވަޒަފުންގެ ދުޅަހެޔޮކަމާއި ސިއްހަތު އަދި ވަޒީފާގެ މާހައުލުގައި ހިތްހަމަޖެހުން އަށަގެންނެވުމަށް ދިރާގުން ގިނަ މަސައްކަތްތަކެއް ކުރޭ. ދިރާގު އެނުއަލް އެވޯޑްސް އަކީ މި މޭރުމުން ދިރާގުން ހިންގާ ގިނަ ހަރަކާތްތަކުގެ ތެރެއިން އެއްކަން،" ދިރާގުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވެ އެވެ.

ދިރާގަކީ، ރާއްޖޭގައި ޑިޖިޓަލް އަދި މުވާސަލާތީ ހިދުމަތް ވޭތުވެދިޔަ 29 އަހަރު އެންމެ ފުޅާ ދާއިރާއެއްގައި ފޯރުކޮށްދިން ކުންފުންޏެވެ.

އެ ކުންފުނީގެ 600 އަށް ވުރެ ގިނަ މުވައްޒަފުން ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި މަސައްކަތްކުރަމުން އަންނައިރު، މުވައްޒަފުންގެ ހުނަރާއި ގާބިލިއްޔަތު، މީހުން ބިނާކުރުމާއި މުވައްޒަފުންނަށް ފޯރުކޮށްދޭ އެކި މަންފާތަކާއި އިނާޔަތްތަކުގެ ސަބަބުން ދިރާގަކީ 99 ޕަސެންޓް ދިވެހި މުވައްޒަފުން މަސައްކަތްކުރާ ކުންފުންޏެކެވެ.

މި އަހަރަކީ ދިރާގަށް 30 އަހަރު ފުރޭ އަހަރަށް ވާއިރު، ޑިޖިޓަލް މުސްތަގްބަލަށް ކުންފުނީގެ ކަސްޓަމަރުން އަހުލުވެރިކޮށް ކުރިއެރުވޭނެ ގޮތް މަގުފަހިކުރަން ކެނޑިނޭޅި މުވަޒަފުންގެ ފެންވަރު މަތިކޮށް ތަމްރީނާއި ހުނަރު ބިނާކުރުމުގެ ފުރުސަތުތައް ފޯރުކޮށްދޭ ކަމަށް އެ ކުންފުނިން ބުންޏެވެ.