ބްރެޒިލްގެ ވޯކާސް ޕާޓީގެ ކެންޑިޑޭޓަކަށް ޖަލުގައި ހުރި ކުރީގެ ރައީސް
ބްރެޒިލްގެ ވޯކާސް ޕާޓީގެ ކެންޑިޑޭޓަކަށް ޖަލުގައި ހުރި ކުރީގެ ރައީސް

ސައޮ ޕޯލޯ (އޮގަސްޓް 5) - ކޮރަޕްޝަނުގެ ކުށުގައި 12 އަހަރުގެ ހުކުމެއްގައި ޖަލުގައި ހުންނެވި ނަމަވެސް ބްރެޒިލްގެ ވޯކާސް ޕާޓީން ރިޔާސީ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓަކަށް ކުރީގެ ރައީސް ލުއިސް އިނާސިއޯ ލޫލާ ޑަ ސިލްވާ ހަމަޖައްސައިފި އެވެ.

ބްރެޒިލްގެ ވޯކާސް ޕާޓީގެ ކެންޑިޑޭޓަކަށް ޖަލުގައި ހުރި ކުރީގެ ރައީސް
ބްރެޒިލްގެ ވޯކާސް ޕާޓީގެ ކެންޑިޑޭޓަކަށް ޖަލުގައި ހުރި ކުރީގެ ރައީސް

ވޯކާސް ޕާޓީގެ ކޮންގްރެސްގައި 2،000 އަށް ވުރެ ގިނަ މެންބަރުން ވަނީ އޮކްޓޯބަރު މަހު އޮންނަ ރިޔާސީ އިންތިޚާބުގައި އެ ޕާޓީގެ ކެންޑިޑޭޓަކީ ލޫލާ ކަމަށް އަތް ހިއްލައިގެން ވޯޓުދީގެން ފާސްކޮށްފަ އެވެ. ޚިޔާލު ހޯދުމުގެ ގިނަ ވޯޓުތަކުގެ ކުރީގައި އުޅެނީ ލޫލާ އެވެ.

ލޫލާ ގެންދަވަނީ އޭނާ އެއްވެސް ރިޝްވަތެއް ނުނަންގަވާ ކަމަށާއި ޖަލުގައި ބަންދުކޮށްފައި ވަނީ އިންތިޚާބުގައި ވާދަކޮށްފާނެތީ ކަމަށް ވިދާޅުވަމުންނެވެ. ލޫލާގެ މެސެޖް ޕާޓީގެ މެންބަރުންނަށް އިއްވި ކޮންގްރެސްގައި ބައިވެރިވި އެންމެން ވެސް ތިބީ ލޫލާގެ މޫނު ސިފަވާ މާސްކް އަޅައިގެންނެވެ.

"އެ މީހުން ބޭނުން ވަނީ ވެރިއަކު ހޮވުމުގައި ރައްޔިތުންނަށް ލިބިގެންވާ ހައްގު ނިގުޅައިގަންނަން،" ލޫލާގެ މެސެޖުގައި ވިދާޅުވެފައިވެ އެވެ. "އެ މީހުން ބޭނުން ވަނީ ރައްޔިތުންނާ ނުލައި ޑިމޮކްރެސީ އުފައްދަން. އަޅުގަނޑުމެންނަށް އޮތް ޒިންމާ ވަރަށް ބޮޑު."

ލޫލާގެ ރަނިން މޭޓް ވެސް މި ހަފުތާގައި ކަނޑައަޅާނެ އެވެ. ނައިބް ރައީސްގެ މަގާމަށް ނަގާ ކެންޑިޑޭޓުގެ މުހިންމުކަން ވެސް ބޮޑެވެ. ލޫލާ އަށް ވާދަނުކުރެވޭ ހާލަތެއް މެދުވެރިވެއްޖެ ނަމަ ރިޔާސީ ކެންޑިޑޭޓްކަން ރަނިން މޭޓަށް ދިނުމުގެ ފުރުސަތު ބޮޑެވެ.