05 އޯގަސްޓް 2018 - 15:43

ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާ އެކު ތައިލެންޑުގެ ޑޮން މުއާންގް އެއާޕޯޓުން ދިވެހި ފިރިހެނަކު އިއްޔެ ހައްޔަރުކޮށްފި އެވެ.
އެ ގައުމުގެ ނޫހެއްގައި ރިޕޯޓު ކޮށްފައިވާ ގޮތުގައި އާދަމް ސާލިއާ، 43،ގެ ފޮށިން 800 ގްރާމްގެ ހެރޮއިން ފުލުހުން އަތުލައިގަތެވެ.
ތައިލެންޑުގެ ޑްރަގް ސަޕްރެޝަން ޕޮލިސް މިހާރު ވަނީ އޭނާ ހައްޔަރުކޮށްފަ އެވެ. އަދި ކްލާސް އޭ ޑްރަގްއެއް އަތުގައި ގެންގުޅުމާއި، ވިއްކަން އުޅުމާއި ގައުމުން ބޭރުކުރަން އުޅުމުގެ ދައުވާ ވެސް އޭނާގެ މައްޗަށް ވަނީ އުފުލައިފަ އެވެ.
އެ ނޫހުގައި ބުނެފައިވާ ގޮތުގައި އޭނާ ހައްޔަރު ކުރީ ތައިލޭންޑުން ފުރައިގެން މެލޭޝިއާ މަގުން ކޮލަމްބޯ އަށް ދަތުރުކުރުމަށް އެއާޕޯޓަށް ގޮސް ހުއްޓަ އެވެ.
އަދި ތައިލޭންޑުގެ ފުލުހުން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް އެ ނޫހުގައި ބުނެފައިވެ އެވެ.